ބިޕާޝާ އަނެއްކައިވެސް ރާއްޖެ އަތުވެއްޖެ

ބިޕާޝާ އަނެއްކައިވެސް ރާއްޖެ އަތުވެއްޖެ

Author
ފާތިމަތު ނާވީ
05 ޖެނުއަރީ 2024 08:02
0

ރާއްޖެއަށް ވަރަށް ގިނައިން ޒިއާރަތް ކުރާ ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫ އާއި ފިރިމީހާ ކަރަން ސިންގް ގްރޯވާ އަނެއްކައިވެސް ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.

ރާއްޖެއަކީ ބޮލީވުޑްގެ ތަރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ. ކޮންމެ އަހަރަކުވެސް ގިނަ ތަރިންތަކެއް ރާއްޖޭގައި ޗުއްޓީ ހޭދަކުރެއެވެ. އަދި ފާހަގަ ކޮށްލެވޭ ކަމަކީ މިތަރިންނަކީ އެއްފަހަރަށް ވުރެ ގިނަ ފަހަރު ރާއްޖެ ޒިއާރާތް ކޮށްފައިވާ ތަރިންކަމެވެ.

ބިޕާޝާ އާއި ކަރަން ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔާފައިވަނީ ޔޫތް މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) އާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެވެ.

ޔޫތް މިނިސްޓްރީން ބުނިގޮތުގައި މިއީ ބިޕާޝާ ރާއްޖެ އައި 12 ވަނަ ފަހަރެވެ. އިތުރަށް އެ މިނިސްޓްރީން ބުނީ އުންމީދަކީ ވީހާވެސް ގިނައިން ބިޕާޝާ ރާއްޖެ އައުން ކަމަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.