އިންތިހާބުތަކުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ސާބިތު ދަރަންޏެއް އޮތުމަކީ މައްސަލައެއް ނޫން: އީސީ

އިންތިހާބުތަކުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ސާބިތު ދަރަންޏެއް އޮތުމަކީ މައްސަލައެއް ނޫން: އީސީ

Author
ހުސެއިން
03 ޖެނުއަރީ 2024 03:46
0

އިންތިހާބުތަކުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ސާބިތު ދަރަންޏެއް އޮތުމަކީ މައްސަލައެއް ނޫން ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ އީސީގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓުވީޓެއްގައެވެ.

އިންތިހާބުތަކުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ސާބިތު ދަރަންޏެއް އޮތުމަކީ ޮމައްސަލައެއް ނޫން. މައްސަލައަކަށް ވާނީ، ސާބިތު ދަރަނީގެ ޙުކުމްގައި އޮންނަ މުއްދަތަށް، ޙުކުމާ އެއްގޮތަށް ފައިސާ ދައްކަވަމުން ނުގެންދަވާނަމަ.

ހަބީބުގެ އެކްސް ޕޯސްޓުގައި ވިސާޅުވެފައި ވެއެވެ.

ހަބީބް މިހެން ވިދާޅުވީ މާލެ ސިޓީ މޭޔަރު ކަމަށް ކުރިމަތިލައްވާ ބައެއް ކެނޑިޑޭޓުންގެ ސާބިތު ދަރަނި ހުރެގެން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ފާޑުކިޔަމުން ދަނިކޮށެވެ.

އެގޮތުން އާޒިމާގެ މައްޗަށް ހަތަރު މިލިޔަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނެގި ލޯން ސްކީމަކަށް ފައިސާ ނުދައްކާ އޮތުމުން އެ ބޭންކުން ވަނީ އާޒިމާގެ މައްޗަށް ދައުވާ ކޮށްފައެވެ. މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ އާޒިމާއަށް ފާޑުކިޔަމުންނެވެ.

އެހެންނަމަވެސް އާޒިމާ ވިދާޅުވެފައި ވަނީ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭންކަށް ދައްކަން ސިވިލް ކޯޓަށް ކުރި ހުކުމާ ގުޅިގެން އޭނާ ކުރައްވާ މަސައްކަތަށް މަޑުޖެހުމެއް ނާންނާނެ ކަމަށާއި ފަހަތަށް ވެސް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.