ގުރޫ އާއި ޝެހެނާޒް ގެ ލޯބީގެ ލަވައެއް

ގުރޫ އާއި ޝެހެނާޒް ގެ ލޯބީގެ ލަވައެއް

Author
ފާތިމަތު ނާވީ
03 ޖެނުއަރީ 2024 06:17
0

ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުއަރައިފައިވާ ބަތަލާ ޝެހެނާޒް ގިލް އާއި ބޮލީވުޑްގެ މަޝްހޫރު ލަވަކިއުންތެރިއާ ގުރޫ ރަންދަވާ އެކުގައި ލަވައެއް ގެނެސްދޭން ތައްޔާރު ވެއްޖެއެވެ.

މި ވާހަކަ މިހާރު ވަނީ ޕޯސްޓަރަކާއި އެކުގައި ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިއެވެ. ޝެހެނާޒް ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ މީ ހަމައެކަނި ލަވައެއް ނޫން ކަމަށެވެ.

މި މަހުގެ 8 ވަނަ ދުވަހުގައި ލަވަ ބެލުންތެރިންނަށް ދޫކޮށްލާއިރުގައި މި ލަވައިގެ ނަމަކީ "ސަންރައިޒް"އެވެ. ބެލެވޭ ގޮތުގައި މި ލަވައަކީ ވަރަށް ވެސް ރޮމޭންޓިކް ލަވައެކެވެ.

 

View this post on Instagram

 

A post shared by Shehnaaz Gill (@shehnaazgill)

ޓީ ސީރީޒްގެ ތަތްގަނޑުގައި ނެރުމަށް ހަމަޖެހިފައިވާ ވީޑިއޯ ލަވައިން މި ދެމީހުންގެ ލޯބި ފެނިގެންދާނެ ކަމަށް ބެލެވެއެވެ. ޝެހެނާޒް އަދި ގުރޫ ވެސް މީގެ ކުރިން ވަނީ ވީޑިއޯ ލަވަތަށް ގެނެސްދީފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.