"12ތް ފެއިލް" މިހާރު ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ބަލައިލެވޭނެ

"12ތް ފެއިލް" މިހާރު ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ބަލައިލެވޭނެ

Author
ފާތިމަތު ނާވީ
03 ޖެނުއަރީ 2024 09:42
0

މިދިއަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގައި ރިލީޒް ކުރި ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ދިއަ ފިލްމް "12ތް ފެއިލް" އައު އަހަރާއި ދިމާކޮށް ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ޕްރިމިއާ ކޮށްފިއެވެ.

އެއާއި އެކުގައި މިހާރު މި ފިލްމް ޑިޒްނީ ޕްލަސް ހޮޓްސްޓާއިން މި މަހުގެ އެކަކުން ފެށިގެން ބަލައި ލެވޭނެއެވެ. މީ ފިލްމް ނުބަލާ ތިބި މީހުންނަށް މި ފިލްމް ބެލުމުގެ ފުރުސަތު ހޯދައި ދިނުމާއި ފިލްމް އަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ އިތުރުން އައު އަހަރުގެ ހަދިޔާއެއްގެ ގޮތުން ފިލްމްގެ ޓީމުން ނިންމި ނިންމުމެކެވެ. \

ޑައިރެކްޓަރު ވިދޫ ވިނޯދް ޗޯޕްޅާގެ މި ފިލްމް އަކީ ކުޅަދާނަ އެކްޓަރު ވިކްރާންތް މެސީ ލީޑުން ފެނިގެންދާ ފިލްމްއެކެވެ. އަދި ހަމަ އެއާއި އެކުގައި މި ފިލްމް އަކީ ވަރަށް އަސަރުގަދަ ފިލްމް އަކަށް ވެގެންދާނެއެވެ.

 

View this post on Instagram

 

A post shared by Disney+ Hotstar (@disneyplushotstar)

މި ފިލްމް އަކީ އައިޕީއެސް އޮފިސަރު މަނޯޖް ކުމާރު ޝަރުމާ އާއި އައިއާރުއެސްގެ އޮފިސަރު ޝްރަދާ ޖޯޝީގެ ހިތްގައިމު ދަތުރުގެ ވާހަކަ ކިޔައިދޭ އަނޫރާގް ޕަތަކް އެންމެ ގިނައިން ވިއްކާ ނޮވެލްގެ މައްޗަށް ބިނާކޮށް ހަދާ އިފައިވާ ފިލްމްއެކެވެ.

 

View this post on Instagram

 

A post shared by Disney+ Hotstar (@disneyplushotstar)

ޝަރަފުވެރި ޔޫޕީއެސްސީ އިމްތިހާނަށް ތައްޔާރުވާ ދަރިވަރުންގެ ދަތުރުގެ މަންޒަރެއްގެ ގޮތުގައި ސިފަކުރާ 12 ވަނަ ފެއިލް ޕްރޮޑިއުސްކުރަނީ ޒީ ސްޓޫޑިއޯއިންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.