ކްރިމިނަލް ކޯޓަށް ވެސް ފެން ވަދަ ޝަރީއަތްތަކަށް ބުރޫ އަރައިފި

ކްރިމިނަލް ކޯޓަށް ވެސް ފެން ވަދަ ޝަރީއަތްތަކަށް ބުރޫ އަރައިފި

Author
ހުސެއިން
31 ޑިސެމްބަރ 2023 06:08
0

މާލެ މިއަދު ކުރަމުންދާ ވިއްސާރާގައި ކުރިމިނަލް ކޯޓު ތެރެއަށް ފެންވަދެ، މިއަދު ޝަރީަތްތަކަށްވެސް ބުރޫ އަރައިފިއެވެ.

"ޚަބަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކްރިމިނަލް ކޯޓަށް ފެން ވަނުމުގެ ސަބަބުން ކޯޓުގެ ކަރަންޓު ވިއުގައަކަށް މައްސަލަތަކެއް ވަނީ ކުރިމަތި ވެފައެވެ. އަދި ކޯޓުގެ އާންމު މަސައްކަތްކަަށްވަނީ ބުރޫ އަރާފައެވެ.

މިއަދުގެ ވިއްސާރާގައި ކޯޓުތެރެއަށް ފެންވަދެ، ސާވަސް ސިސްޓަމަށްވެސް އަސަރުކޮށް، ކޯޓުގެ ބައެއް ޝަރީއަތްތައްވެސް ވަނީ ކެންސަލް ކުރަން ޖެހިފައެވެ. އެހެންނަމަވެސް، ބަންދުގެ މުއްދަތު ޖެހުމަށް ބާއްވާ މަޖިލިސްތައް މިއަދުވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ.

ކުރިމިނަލް ކޯޓު އިމާރާތަކީ ގިނަ ދުވަސް ވުމުގެ ސަބަބުން ވަރަށް ބޮޑަށް ބާވެފައިވާ އިމާރާތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.