އަރްބާޒް ގެ ދެމަފިރިން ހަނީމޫން އަށް

އަރްބާޒް ގެ ދެމަފިރިން ހަނީމޫން އަށް

Author
ފާތިމަތު ނާވީ
30 ޑިސެމްބަރ 2023 04:19
0

މިދިއަ ހަފްތާގައި ކައިވެނި ކުރި އަރްބާޒް ހާން އާއި ޝޫރާ ޚާން ހަނީމޫނަށް ފުރައިފި އެވެ.

މިދެމަފިރިން ފުރަން މުމްބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް އުޅެނިކޮށް ނަގާފައިވާ ވީޑިއޯތަކެއް ވެސް ބައެއް މީޑިއާތަކުން އާންމުކޮށްފައިވެ އެވެ. އެމީހުންގެ ހަނީމޫން އާއި އައު އަހަރު އެކުގައި ފާހަގަ ކުރަން ހަމަޖެހިފައިވާ ކަމަށް މީޑީއާއިން ވަނި ބުނެފައިއެވެ. އަދި ބައެއް މީޑީއާއިން އެމީހުން ބުނެފައިވަނީ އެމީހުން ފުރާފައި ވަނީ ރާއްޖެއަށް ކަމަށެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

މިއީ އަރުބާޒް، 56، ގެ ދެވަނަ ކައިވެންޏެވެ. އޭނަގެ ކުރީގެ އަންހެންނަކީ އަދި ދަރިފުޅު އަރްޚާން ޚާން، 21، ގެ މަންމަ އަކީ އެކްޓަރު އަރުޖުން ކަޕޫރު މިހާރު ރައްޓެހިވެގެން އުޅޭ މަލައިކާ އަރޯރާ، 50، އެވެ.

އަރްބާޒް އާއި ޝޫރާ ދިމާވީ އޭނާގެ އަޕްކަމިން ފިލްމު "ޕަތުނާ ޝުކްލާ"ގެ ޕްރޮޖެކްޓުގެ ތެރެއިންނެވެ. މި ދެ ތެރެއިން ރައްޓެހިވި ކަމުގެ ހަބަރު ފެތުރެން ފެށީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. މީގެ ހައެއްކަ މަސް ކުރިއާ ހަމައަށް އަރުބާޒް ރައްޓެހިވެގެން އުޅުނީ އިޓަލީގެ މޮޑެލް/ބަތަލާ ޖިއޯޖިއާ އެޑްރިއާނީއާ، 33، އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.