ބޮލީވުޑްގެ ސްޕަސްޓާރު ސަލްމާން އޭނާގެ 58 އަހަރު ފުރުން އާއިލާ އާއި އެކުގައި ފާހަގަ ކޮށްފިއެވެ.
ސަލްމާން ގެ އުފަންދުވަހަކީ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހެވެ. ސަލްމާން ހާނަށް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޕާޓީ އޮތީ ސަލްމާންގެ ކޮއްކޮ އަރްޕިތާ ހާން ޝަރްމާގެ ގޭގަ އެވެ.
ކޮންމެ އަހަރުކުވެސް އާއިލާ އާއި އެކުގައި ސަލްމާން އުފަންދުވަސް ފާހަގަކުރެއެވެ. އަދި ހަމަ އެއާއި އެކުގައި އޭނާ ވަނީ ފޭނުންނަށް ފެންނަ ގޮތަށް ބެލްކަނިން ބޭރަށް ނުކުމެ ހަނާ އަޅައިފައިއެވެ.
ކޮންމެ އަހަރަކުވެސް ބެލްކަނިން ބޭރަށް ނުކުމެ ފޭނުންނަށް ފެނިލުމަކީ ސަލްމާންގެ އާދައެކެވެ. އެވަގުތަށް ގިނަ އަދަދެއްގެ ފޭނުން ވަނީ އެނާ ފެންނަ ހިސާބަށް ނިކުމެފައިއެވެ.
ސަލްމާން ހާން އާއިލާއާ އެކު އުފަން ދުވަސް ފާހަގަކުރުމަށް މުމްބާއީއަށް ދިޔައީ އިއްޔެ އެވެ. ބޮލީވުޑްގެ ގިނަ ތަރިން އަންނަނީ އޭނާ އަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވާ ސޯޝަލް މީޑިއާގައ ހިއްސާކޮށްފައިއެވެ.
ކޮމެންޓު ފޮނުވާ