ޓިވީ ޑްރާމާ ތަކުން ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދައިފައިވާ ބަތަލާ ރުބީނާ ދިލައިކާއި ފިރިމީހާ އަބިނަވް ޝުކުލާ އެމީހުންގެ ދަރިންނަށް ނަން ކިޔައިފިއެވެ.
މިމަހު މެދުތެރޭގައި ރުބީނާ ވިހެއީ އެއްމާބަނޑު ދެ އަންހެން ކުދިންނެވެ. އެކުދިން ގެ ނަމަކީ ޖީވާ އާއި އިދާއެވެ. މީ މިދެމަފިރިންގެ ފުރަތަމަ ދަރިންނެވެ. އެނާ އަށް ލިބެނީ އެއް މާބަނޑު ދެކުދިންކަން އިއުލާން ކުރީ މިދިއަ މަހުގައިއެވެ.
ރުބީނާ ބަނޑުބޮޑު ކަން އިއުލާން ކުރީ މީގެ ހަތަރު މަހެއް ކުރިންނެވެ. އޭނާ ބަނޑުބޮޑުކަން އިއުލާން ކުރުމަށް ފަހު ސޯޝަލް މީޑީއާގައި ގިނަ ފޮޓޯތަކެއް ހިއްސާ ކޮށްފައި ވެއެވެ.
ރުބީނާ، 34، އާއި އަބިނާވް، 40، ކައިވެނިކުރީ، 2018 ގަ އެވެ.
ކޮމެންޓު ފޮނުވާ