ބައޯޕިކް އެއް ހަދާނަމަ އެރޯލަށް ކަމުދާނީ އާލިއާ: ޝަރުމިލާ

ބައޯޕިކް އެއް ހަދާނަމަ އެރޯލަށް ކަމުދާނީ އާލިއާ: ޝަރުމިލާ

Author
ފާތިމަތު ނާވީ
28 ޑިސެމްބަރ 2023 08:07
0

އަމިއްލަ ހަޔާތަށް ފިލްމެއް އެއް ހަދާނަމަ އެރޯލު ކުޅެން ބޭނުން ވަނީ ބަތަލާ އާލިއާ ބަޓް ކަމަށް ކުރީގެ މަޝްހޫރު ބަތަލާ ޝަރުމިލާ ޓެގޯރް ބުނެފިއެވެ.

އޭނަގެ ދަރިފުޅު މަޝްހޫރު ތަރި، ސައިފް އަލީ ޚާނާ އެކީ ކަރަން ޖޯހަރްގެ ޝޯ "ކޮފީ ވިތު ކަރަން 8″ ގެ ކުރިއަށް އޮތް އެޕިސޯޑްގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވެ، ވާހަކަ ދައްކަމުން އޭނާ ބުނީ ބައޯޕިކް އެއް ހަދާނެ ކަމެއް އޭނާ އަށް ނޭގޭ ކަމަށެވެ. ނަމަވެސް ހަދާނަމަ އޭނާގެ ރޯލު ކުޅެން ބޭނުން ވަނީ އާލިއާ ބަޓް ކަމަށް ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

އިތުރަށް ވާހަކަ ދައްކަމުން ޝަރުމީލާ، 78، ބުނީ އޭނަގެ ބައޯޕިކް މިހާރުން މިހާރަށް ހަދާނަމަ އާލިއާ ކުޅެން ބޭނުން ވާ ކަމަށާއި ނަމަވެސް އެ ބައޯޕިކް އަހަރުތަކެއް ފަހުން ހަދާނަމަ ބޭނުން ވަނީ މާމަ ދަރިފުޅު ބަތަލާ ސާރާ އަލީ ހާން އެރޯލު ކުޅެން ކަމަށް ވަނީ ބުނެފައިއެވެ.

ސާރާ އަލީ ޚާނަކީ ޝަރުމީލާގެ ދޮށީ މާމަދަރި އެވެ. އެއީ ސައިފްގެ ދޮށީ ދަރިފުޅެވެ. ސައިފް ގެ ދޮށީ ފިރިހެން ދަރިފުޅަކީ އިބްރަހިމް އަލީ ހާންއެވެ. އެއީ އޭނާގެ ފުރަތަމަ އަނބި މީހާ އަމްރިތާ ސިންގް އަށް ލިބިފައިވާ ދެކުދިންނެވެ. މިހާރު ގެ އަނބިމީހާ ކަރީނާ ކަޕޫރަށްވެސް ސައިފްގެ ދެ ފިރިހެން ކުދިން ތިބެއެވެ.

 

View this post on Instagram

 

A post shared by Sara Ali Khan (@saraalikhan95)

ހިންދީ ސިނަމާގައި 1960 އާއި 1970 ގެ އަހަރުތަކުގެ ތެރޭގައި އެންމެ ވިދި ބަތަލާއިންގެ ތެރޭގައި ހިމެނޭ ބަތަލާގެ ކެރިއަރުގައި ކާމިޔާބު އެތައް ފިލްމެއް ކުޅުނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.