ދެކުނު ކޮރެއާގެ ފިލްމު "ޕެރަސައިޓް" ގެ ބަތަލު ލީ ސުން-ކިއުން މަރުވެއްޖެ އެވެެ.
އޭނާ މަރުވެފައި އޮއްވައި ބުދަ ދުވަހުގެ ހެނދުނު ފެނުނީ ސޯލްގެ ސެންޓްރަލް ޕާކްގެ ކައިރީގައި އޮތް ކާރެއްގެ ތެރެއިން ކަމަށް މީޑިއާ ރިޕޯޓްތަށް ބުނެއެވެ. އަދި އޭނާ މަރުވެފައި އޮއްވައި ފެނިފައި ވަނީ އަމިއްލަ އަށް މަރުވާނެ ކަމަށް ބުނެ ލިޔެފައިވާ ނޯޓިހެއް އެދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި އާއިލާގެ މީހުންނަށް ފެނިގެން އެކަން ފުލުހުންނަށް ރިޕޯޓްކޮށް، ހޯދަމުން ދަނިކޮށް ކަމަށް ވެސް އެސޯސިއޭޓް ޕްރެސް (އޭޕީ) އިން ބުންޏެވެ.
މުޅި ދުނިޔޭގައި ބޮޑު މަޝްހޫރު ކަމެއް ހޯދި އުމުރުން 48 އަހަރުގެ އެކްޓަރަކީ ދެކުދިންގެ ބައްޕައެކެވެ. މި ފަހުން މަސްތުވާތަކެތީގެ މައްސަލައެއްގައި ވެސް އޭނާ ހައްޔަރުކުރިއެވެ. އަދި އެ މައްސަލަ މިހާރުވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.
މިހާތަނަށް ވަރަށް ގިނަ ފިލްމުތަކެއް ކުޅެފައިވާ ލީގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ސެޕްޓެމްބަރުގައި ރިލީޒްކުރި ބްލެކް ކޮމެޑީ ހޮރޯ ތުރިލާ "ސްލީޕް" އެވެ.
ކޮމެންޓު ފޮނުވާ