ކުރީގެ ރައީސް ޔާމިން ޖަލު ހުކުމެއްގައި ހުންނަވަނިކޮށް ސިޔާސީ ފަރާތްތަކާއި ބައްދަލުރުން ކެރެކްޝަންސްއިން މަނާކޮށްފައިވާތީ، މިވަގުތައް ރައީސް ޔާމިންއާއި ބައްދަލު ކުރައްވަން ރައީސް މުއިއްޒު ބޭނުންފުޅު ނުވާކަމުގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަހީބު ވިދާޅުވީ ރައީސް ޔާމިން މިނިވަން ކުރުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު މިހާރު ފުއްދަވާފައިވާ ކަމުގައެވެ.
އެހެންވީމަ، ރައީސް ޔާމީނާ ގުޅުވައިގެން ރައީސް ޑރ. މުހަންމަދު މުއިއްޒު ވެ ވަޑައިގެންނެވި ވައުދު އެ އޮތީ ފުދިފައި.
ޝަހީބު ވިދާޅުވިއެވެ.
ޝަހީބު ވިދާޅުވީ މިހާލަތުގައި ރައީސް މުއިއްޒު ރައީސް ޔާމިންއާއި ބައްދަލުކޮށް ހެދުމަކީ ގާނޫނީގޮތުން އެންމެ ރަގަޅު ގޮތްކަމަށް ދެކެވަޑައި ނުގަންނަވާ ކަމުގައެވެ.
ރައީސް ޑރ. މުހަންމަދު މުއިއްޒު ރައީސް ޔާމީނާ ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވައި ނުވަތަ ފޯނުން ވެސް އެކަހަލަ ކަމެއް ކުރެއްވުމަކީ ގާނޫނީ ގޮތުން ރަނގަޅު ކަމެއްގެ ގޮތުގައި [ރައީސް މުއިއްޒު] ދެކެވަޑައެއް ނުގަންނަވާ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަހީބު ވިދާޅުވިއެވެ.
ރައީސް މުއިއްޒުވަނީ ފާއިތުވެދިޔަ ހަފްތާއާއި އަދި މި ހަފްތާގައި، ރައީސް ސާލިހު ފިޔަވާ ރައްޖޭގައި ކުރިން ވެރިކަން ކުރެއްވި ހުރިހާ ރައީސުންނާ ބައްދަލު ކުރައްވާފައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީބު ވިދާޅުވީ މި ސަރުކާރުން ޖުޑިޝަރީއަށް އަތް ނުބާނާނެ ކަމަށާއި، ސަރުކާރުން އެދެނީ ޝަރުއީ ދާއިރާއިން ރައީސް ޔާމިން މިނިވަންވެގެން ދިއުން ކަމުގައެވެ.
ކޮމެންޓު ފޮނުވާ