ޖަލުގެ ހަމަނުޖެހުމެއްގައި އޮފިސަރަކާއި ދެ ގައިދީއަށް އަނިޔާވެއްޖެ

ޖަލުގެ ހަމަނުޖެހުމެއްގައި އޮފިސަރަކާއި ދެ ގައިދީއަށް އަނިޔާވެއްޖެ

Author
ހުސެއިން
28 ޑިސެމްބަރ 2023 10:41
0

މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމެއްގައި ޖަލު އޮފިސަރަކާއި ދެ ގައިދީއަކަށް އަނިޔާ ވެއްޖެއެވެ.

ކަރެކްޝަންސްގެ އޮފިޝަލަކު ކިޔައިދިން ގޮތުގައި މި ހަމަނުޖެހުން ހިނގީ ޖަލު އޮފިސަރަކު ޖަލުގޮޅި އިންސްޕެކްޓް ކުރަން ވަތް ވަގުތު ގައިދީ އޭނާއަށް ހަމަލާދޭން އުޅުމުގެ ތެރޭގައި ކަމުގައެވެ. މި ހަމަނުޖެހުމުގައި ދެ ގައިދީއަކާ ޖަލު އޮފިސަރަށް އަނިޔަތަކެއް ލިބިފައިވާކަމަށްވެސް ކަރެކްޝަންސްއިން މައުލޫމާތު ދީފައި ވެއެވެ.

މާރާމާރީގެ މައްސަލަ ތަކާއި ގުޅިގެން ގައިދީންތަކެއް ބަންދުކޮށްފައި ތިބި ގޮޅިތަކެއް ހިނގި މި ހަމަނުޖެހުން ހިނގީ އޮފިސަރުން ގޮޅި އިންސްޕެކްޓް ކުރަން އުޅުމުން ގައިދީން އެކަމާ ހިންހަމަ ނުޖެހިގެންނެވެ.

މި ހަމަނުޖެހުމުގައި އޮފިސަރާއި ގައިދީންނަށް ލިބިފައިވަނީ ކުރި އަނިޔާތަކެއްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.