މުސްތަފާ، ޤާސިމަށް: އިތުރުވާހަކަ ދައްކަންޏާ ވާނީ ބޭޒާރު

މުސްތަފާ، ޤާސިމަށް: އިތުރުވާހަކަ ދައްކަންޏާ ވާނީ ބޭޒާރު

Author
މުޙައްމަދު ޝަޒައިމް
14 ޑިސެމްބަރ 2020 11:14
0

ޖަޕާން މީހެއްގެ އަތުން 15 މިލިއަން ޑޮލަރު އަތުލައިގަނެފައިވާކަމަށް ކުރާ ތުހުމަތު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ދޮގުކުރެއްވި ނަމަވެސް އެއީނުވާކަމަކަށް ނުހެދޭނެ ކަމަށާއި، އެކަމުގެ ސާފުހެކި އެބަހުރިކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ އިއްޔެ ވިދާޅުވެފައިވަނީ ޤާސިމް އިބްރާހީމް، ޖަޕާނު މީހެއް "އިނދަ" ޖައްސާލާފައިވާކަމަށާއި، 15 މިލިއަން ޑޮލަރު އޭނާގެ އަތުން "ކައްވާލާފައި" ވާކަމަށެވެ. އަދި ސަރުކާރުގެ ކޯލިޝަނެއް ކިޔައިގެން އުޅުއްވަނީ ވައްކަން ކުރައްވަންކަމަށްވެސް މުސްތަފާ ވަނީ  ތުހުމަތު ކުރައްވާފައެވެ. މުސްޠަފާ ވަނީ ޤާސިމް އިބްރާހީމަށް ތުހުމަތުކުރައްވާ ގިނަ ޓްވީޓްތަކެެއްކުރައްވާފައެވެ.

މުސްތަފާގެ މިވާހަތަކާއި ގުޅިގެން ޤާސިމް ވިދާޅުވީ މުސްޠަފާ ހާމަކުރައްވާފައިވާ ވާޖަކަތަކަކީ އެއްވެސް ހަޤީގަތެއްނެތް ވާހަކަތަކެއްކަމަށާއި، މުސްޠަފާ އިތުރުފުޅު ހައްދަވަނީކަމަށެވެ. އެއީ ބުހުތާނު ދޮގު ވާހަކަތަކެއްކަމަށް ވިދާޅުވަމުން ޤާސިމް ވަނީ އެފަދަ ނުބައި މީހުންގެ ދޮގު ވާހަކަތަކުން މުޅި އިންސާނިއްޔަތު ސަލާމަތްކުރުމަށް އެދި ދުޢާ ދަންނަވާފައެވެ.

ޤާސިމްގެ މިވާހަތަކާއި ގުޅިގެން މުސްތަފާވަނީ ޤާސިމަށް ރައްދު ދެއްވާފައެވެ. މުސްތަފާ ވިދާޅުވީ 1994 ވަނަ އަހަރު އޭނާ އަތުން ޤާސިމް ވަނީ 50،000 ޑޮލަރު ފޭރިގަނެފައިކަމަށެވެ. އަދި އެމައްސަލާގައި ޤާސިމް ޕޮލިހަށްވެސް ހާޒިރުކުރިކަމަށެވެ. އޭނާ ވިދާޅުވީ ޖަޕާންގެ މީހާ އަތުން ޤާސިމް ނަގާފައިވާ ފައިސާގެ މައްސަލައިގެ ލިޔެކިޔުން އެބަހުރިކަމަށެވެ. ޤާސިމް މިމައްސަލާގައި އިތުރަށް ވާހަކަ ދައްކާނަމަ ފަލީހަތްވާލެއް މާބޮޑުވާނެކަމަށް މުސްތަފާ ވިދާޅުވިއެވެ.

ފަހަކަށް އައިސް ސަރުކާރުގެ ބައެއް އިސް ވެރިންނަށާއި، އެނޫންވެސް ބައެއް ބޭފުޅުންނަށް ތުހުމަތުކުރާ ކޮރަޕްޝަންގެ ވާހަކަތައް މުސްޠަފާ ދަނީ ހާމަކުރައްވަމުންނެވެ. ނަމަވެސް އެފަދަ ތުހުމަތުތައް އެބޭފުޅުން ދޮގުކުރައްވާއިރު، މުސްޠަފާ ކޮރަޕްޝަންގެ ތުހުމަތުކުރައްވާ ބޭފުޅުންގެ ތެރޭގައި ބައެއް ވަޒީރުން ހިނިވަޑައިގަންނަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.