ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ދައުލަތުން ކުރާ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ފިލްމީތަރި މުހައްމަދު ޔުނާން ޝަރުތުތަކާއެކު ދޫކޮށްލި މައްސަލާފައިވި ނަމަވެސް، އޭނާ ޝަރުތުތަކާއި ހިލާފަށް ބޭރުގައި އުޅޭތީ އަލުން ބަންދުކޮށްދޭން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް (ޕީޖީ)ން ހުޅުމާލެ ކޯޓުގައި އެދިއްޖެއެވެ.
ހުޅުމާލޭ ކޯޓުން ޝަރުތުތަކާއެކު ޔުނާން ބަންދުން މިމަހުގެ 14 ވަނަ ދުވަހުއެވެ.
ޕީޖީ އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، ޔުނާން އަލުން ބަންދުކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅީ، އޭނާ ބަންދުން ދޫކުރުމަށް އެއްބަސްވެފައިވާ ޝަރުތުތަކާ އޭނާ ޚިލާފްވެފައިވާތީ ކަމުގައެވެ.
އޭނާ ބަންދުން ދޫކުރިއިރު ކަނޑައަޅާފައިވާ ޝަރުތަކީ މެޑިކަލް ކަންކަމުގައި އެކަނި ބޭރަށް ދިއުމަށް އެއްބަސްވުމެވެ. އެހެންނަމަވެސް އޮފިޝަލް ވިދާޅުވީ އޭނާގެ މައްސަލަ ކޯޓަށް ހުށަހެޅީ އޭނާ އެހެންކަމުގައިވެސް ބޭރަށްދާތީ ކަމުގައެވެ.
ޔުނާން ބަންދުން ދޫކޮށްލި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ޔުނާނު ބަންދުން ދޫކޮށްލި މައްސަލަ މިމަހުގެ 19 ވަނަ ދުވަހު ހައި ކޯޓުގައި އިސްތިއުނާފުވެސް ކޮށްފައެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ހައްޔަރުކޮށް، ދައުވާކުރީ ޑިސެމްބަރު 2020 ގަ އެވެ. އަދި މިދިޔަ މާޗް މަހު ރިހުލާ ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ. ހުޅުމާލޭ ކޯޓުން ޝަރުތުތަކާ އެކުގައި ޔުނާން ދޫކޮށްލީ މިމަހުހެ 14 ވަނަ ދުވަހުއެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ޔުނާންގެ މައްޗަށް ނުވަ ދައުވާއެއް، އަދި ރިހުލާގެ މައްޗަށް ފަސް ދައުވާއެއް ކުރެއެވެ. މިހާރު މިމައްސަލަ އޮތީ ނިމުމަކާ ގާތަށް ގޮސްފައެވެ.
ޕީޖީ އޮފީހުން މިދެމަފިރިންގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް ބަލާއިރު،އުމުރު ދުވަހަށްވުރެ ދިގު ޖަލު ހުކުމްތަކެއް އަންނާނެއެވެ. ކޮންމެ ދައުވާއެއްގައި މަދުވެގެން 15 އަހަރުގެ ޖަލު ހުކުމްތަކެއް ހުރިއިރު، މިއިން ކޮންމެ ދައުވާއެއް ކޮށްފައިވަނީ ވަކި ދައުވާތަކެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ