11 އަހަރަށް ފަހު އަހާން ޝެޓީ ސިންގަލް ވެއްޖެ

11 އަހަރަށް ފަހު އަހާން ޝެޓީ ސިންގަލް ވެއްޖެ

Author
ފާތިމަތު ނާވީ
26 ޑިސެމްބަރ 2023 04:21
0

ބޮލީވުޑްގެ ކުރީގެ އެކްޓަރު ސުނިލް ޝެޓީ ގެ ފިރިހެން ދަރިފުޅު އެކްޓަރު އަހާން ޝޭޓީ 11 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުން ލޯބިވެރިއާ އާއި ރުޅިވެއްޖެ ކަމަށް މީޑީއާ ހަބަރުތަށް ބުނެފިއެވެ.

އަހާން އާއި ތާނިއާ ޝްރޮޕް ލޯބީގެ ގޮތުން ގުޅިފައިވަނީ މީގެ 11 އަހަރު ކުރިންނެވެ. އެއީ ޗައިޑްހުޑް ސްވިޓްހާޓުންނެވެ. އެމީހުންގެ ވަރަށް ޅައުމުރުގައި ރައްޓެވި ދެމީހުން ރުޅިވި ސަބަބެއް ހާމަކޮށްފައިއެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Ahan Shetty (@ahan.shetty)

ގިނަ ދުވަސްތަކެއް ވަންދެއް އެކުގައި ދެމީހުން ރައްޓެހިވެގެން އުޅުމަށް ފަހު ރުޅިވިކަން މީޑީއާއިން ހާމަ ކޮށްފައިވަނީ މިދިއަ ހަފްތާގެ ތެރޭގައިއެވެ. ރުޅިވި ހަބަރު މީޑިއާއިން ރިޕޯޓް ކުރުމުގެ ކުރިން އެދެމީހުން ވަނީ އެކުގައި ބައެއް އިވެންޓްތަކާއި ފަންގުޝަން ތަށް އަދި އިވެންޓްތަކުންވެސް ފެނިގެން ގޮސްފައިއެވެ.

 

View this post on Instagram

 

A post shared by Tania Shroff (@tania_shroff)

އަހާން ބޮލީވުޑްއަށް ތައާރަފްވީ 2021 ވަނަ އަހަރު ފިލްމް ތަޅަޕް އިންނެވެ. ނަމަވެސް އެ ފިލްމް އަށް ލިބިގެން ދިއައީ ވަރަށް ފިނި ތަރުހީބެކެވެ. އެފަހުން އޭނާ ގެ ފިލްމް އެއް މިހާތަނަށް ރިލީޒް ކޮށްފައިއެއް ނުވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.