ރަންބީރު އާއި އާލިއާގެ ދަރިފުޅު ފުރަތަމަ ފަހަރަށް މީޑިއާ ކުރިމައްޗަށް

ރަންބީރު އާއި އާލިއާގެ ދަރިފުޅު ފުރަތަމަ ފަހަރަށް މީޑިއާ ކުރިމައްޗަށް

Author
ފާތިމަތު ނާވީ
26 ޑިސެމްބަރ 2023 01:08
0

މަޝްހޫރު ބަތަލާ އާލިއާ ބަޓް އާއި އެކްޓަރު ރަންބީރު ކަޕޫރުގެ ދަރިފުޅު ފުރަތަމަ ފަހަރަށް މީޑިއާ އަށް ދައްކައިލައިފިއެވެ.

ކްރިސްމަހާ ދިމާކޮށް ދެމަފިރިން ދަރިފުޅު ދައްކާލައި މީޑިއާތަކަށް ފޮޓޯ އާއި ވީޑިއޯ ނަގަން ވެސް ފުރުސަތު ދިނެވެ. އެމީހުން ދަރިފުޅު ދައްކައިލީ ކަޕޫރު އާއިލާ އިން ކޮންމެ އަހަރަކުވެސް ބާއްވާ ކްރިސްމަސް ޕާޓީ އަށް ދިއައިރުގައިއެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

ރާހާ އަށް އަހަރެއް ފުރުނީ މިދިޔަ މަހުގެ 6 ގަ އެވެ. އެކުއްޖާ ދެކެ ވާލޯބި އަދި އެކުއްޖާ މީހުންނަށް ދައްކައިލަން ބޭނުންވާ ކަން މީގެ ކުރިން އެކި އެކި އިންޓަވިއު ތަކުގައި ދެމަފިރިން ވަނީ ފާހަގަ ކޮށްފައިއެވެ. ނަމަވެސް އެމީހުން ބުނާގޮތުގައި ވަގުތު ޖެހުމުން މީޑީއާއަށް ދަރިފުޅު ދައްކައިލާނެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އެދެތަރިން ކައިވެނި މިދިއަ އަހަރުގެ އެޕްރީލް 14 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.