ކުރީގެ މަޝްހޫރު އެކްޓަރު އަރްބާޒް ހާން އާއި ލޯބިވެރިއާ ޝޫރާ ޚާން ކައިވެނިކޮށްފި އެވެ.
ދެ ފަރާތުގެ އާއިލާގެ މީހުންނާއި ގާތް ބައެއް ރައްޓެހިން ބައިވެރިވި ކައިވެނީގެ ހަފުލާ އޮތީ އަރްބާޒްގެ ކޮއްކޮ އަރްޕިތާ ޚާންގެ ގޭގަ އެވެ. މި ހަފްލާގައި ސަލްމާން ހާން ވެސް ވަނީ ބައިވެރި ވެފައިއެވެ. މި ދެ ތަރިން ބޭނުންވި ގޮތަށް މި ޕާޓީ އަކީ ވަރަށް ޕްރައިވެޓް، އިންޓަމެޓް ޕާޓީއެކެވެ.
މި ފާޓީގެ އެންމެ ހާއްސަ ބައެއްގެ ގޮތުގައި ފާހަގަ ކުރެވުނީ އަރްބާޒްގެ ދަރިފުޅު ގެ ހާއްސަ ހުށައެޅުމެވެ. މިކައިވެނީގެ ހައިލައިޓްގެ ގޮތުގައި ފާހަގަ ކުރެވޭ އެއް ބަޔަކީވެސް މިއެވެ.
މިއީ އަރުބާޒް، 56، ގެ ދެވަނަ ކައިވެންޏެވެ. އޭނަގެ ކުރީގެ އަންހެންނަކީ އަދި ދަރިފުޅު އަރްޚާން ޚާން، 21، ގެ މަންމަ އަކީ އެކްޓަރު އަރުޖުން ކަޕޫރާ ރައްޓެހިވެގެން އުޅޭ މަލައިކާ އަރޯރާ، 50، އެވެ. އަރްބާޒާއި މަލައިލާގެ ކައިވެނި ރޫޅައިލީ 2017 ގަ އެވެ.
ރުބާޒާއި ޝޫރާ ރައްޓެހިވީ އޭނަ ޕްރޮޑިއުސްކޮށް އަދި ރިލީޒްނުކުރާ ފިލްމު "ޕަޓްނާ ޝުކްލާ" ގެ ސެޓުން ދިމާވެފެން އުފެދުނު ގާތް ގުޅުމުގެ ތެރޭގަ އެވެ. ޝޫރާ، 29، އަކީ މޭކަޕް އާޓިސްޓެއްގެ އިތުރުން ހެއާސްޓައިލިސްޓެކެވެ.
މި ދެ މީހުން ރައްޓެހިވި ކަމުގެ ހަބަރު ފެތުރެން ފެށީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. ކައިވެނީގެ ކުރިން މި ދެ ތަރިން ރައްޓެހިވެގެން އުޅޭކަން ޔަގީންކޮށެއް ނުދެ އެވެ.
ކޮމެންޓު ފޮނުވާ