އަރްބާޒް ކައިވެނިކޮށްފި

އަރްބާޒް ކައިވެނިކޮށްފި

Author
ފާތިމަތު ނާވީ
26 ޑިސެމްބަރ 2023 01:09
0

ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު އަދި ޕްރޮޑިއުސަރު އަރްބާޒް ހާން ސެލްބްރިޓީ މޭކަޕް އާޓިސްޓު ޝޫރާ ހާންއާ އިއްޔެ ކައިވެނިކޮށްފި އެވެ.

ދެ ފަރާތުގެ އާއިލާގެ މީހުންނާއި ގާތް ބައެއް ރައްޓެހިން ބައިވެރިވި ކައިވެނީގެ ހަފުލާ އޮތީ އަރްބާޒްގެ ކޮއްކޮ އަރްޕިތާ ޚާންގެ ގޭގަ އެވެ. މި ހަފްލާގައި ސަލްމާން ހާން ވެސް ވަނީ ބައިވެރި ވެފައިއެވެ.

 

View this post on Instagram

 

A post shared by Arbaaz Khan (@arbaazkhanofficial)

މިއީ އަރުބާޒް، 56، ގެ ދެވަނަ ކައިވެންޏެވެ. އޭނަގެ ކުރީގެ އަންހެންނަކީ އަދި ދަރިފުޅު އަރްޚާން ޚާން، 21، ގެ މަންމަ އަކީ އެކްޓަރު އަރުޖުން ކަޕޫރު މިހާރު ރައްޓެހިވެގެން އުޅޭ މަލައިކާ އަރޯރާ، 50، އެވެ.

އަރްބާޒް އާއި ޝޫރާ ދިމާވީ އޭނާގެ އަޕްކަމިން ފިލްމު "ޕަތުނާ ޝުކްލާ"ގެ ޕްރޮޖެކްޓުގެ ތެރެއިންނެވެ. މި ދެ ތެރެއިން ރައްޓެހިވި ކަމުގެ ހަބަރު ފެތުރެން ފެށީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. މީގެ ހައެއްކަ މަސް ކުރިއާ ހަމައަށް އަރުބާޒް ރައްޓެހިވެގެން އުޅުނީ އިޓަލީގެ މޮޑެލް/ބަތަލާ ޖިއޯޖިއާ އެޑްރިއާނީއާ، 33، އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.