އެމްޓީސީސީގެ ބޯޑުގެ ޗެއާމަންގެ މަގާމަށް މުހައްމަދު އަފީފް ހުސެއިން މިއަދު ޕީސީޕީން އައްޔަން ކޮށްފިއެވެ.
އެމްޓީސީސީގެ ބޯޑުގެ ޗެއަރމަންކަމަށް އަފީފު އައްޔަން ކޮށްފައިވާއިރު، އޭނާ ވަނީ ރައީސް ޔާމިންގެ ދައުރުގައި ހައުސިން މިނިސްޓްރީގެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު އަދާކޮށްފައެވެ. އޭނާވަނީ މީގެކުރިން ފެނަކަ އާއި އެސްޓީއޯގެ ޗެއާމަންކަން ވެސް ކުރައްވައިފައެވެ. އަދި އޭނާއަކީ ސަރުކާރުގައި ގިނަ ދުވަސްތަކެއްވަންދެން ވަޒީފާ އަދާކުރައްވާފައިވާ ފަރާތެއްވެސް މެއެވެ.
On behalf of our Board of Directors and TEAM MTCC we would like to extend a very warm welcome to Chairman Mr. Mohamed Afeef Hussain. We are confident that your leadership and vision will help us achieve greater success. #RayyithungeKunfuni #TeamMTCC pic.twitter.com/NtLCGg7oPB
— MTCC Plc (@MTCCPlc) December 24, 2023
އަފީފު އެމްޓީސީސީގެ ބޯޑުގެ ޗެއަރމަންކަމުގެ މަގާމަށް އައްޔަން ކުުރުމާއި ގުޅިގެން އެމްޓީސީސީންވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ.
އަފީފުވަނީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ