ޝާހުރުކް ހާން ކުރިއަށް އޮތް ފިލްމް އަަށް ތައްޔާރު ވަނީ

ޝާހުރުކް ހާން ކުރިއަށް އޮތް ފިލްމް އަަށް ތައްޔާރު ވަނީ

Author
ފާތިމަތު ނާވީ
24 ޑިސެމްބަރ 2023 08:00
0

މިއަހަރު ކާމިޔާބު ތިން ފިލްމް އަކާއި އެކުގައި ބެލުންތެރިންނާއި ބައްދަލުކުރި ބޮލީވުޑްގެ ސްޕަސްޓާރު ޝާހުރުކް ހާން ކުރިއަށް އޮތް ފިލްމް އަށް ތައްޔާރުވާން ފަށައިފި ކަމަށް މީޑީއާ ރިޕޯޓްތަށް ބުނެފިއެވެ.

އަންނަ އަހަރު ކުރިއަށް ހުރި ޕްރޮޖެކްޓުތައް އޭނާ އަދި ހާމަކޮށްފައި ނުވިޔަސް މީޑިއާތަކުން ބުނެފައި ވަނީ ސޫޖޯއި ގޯޝްގެ އާ އެކްޝަން ތްރިލާ ފިލްމުގައި ޝާހް ފެންނާނެ ކަމަށެވެ. އަދި މި ފިލްމުގައި އޭނާ ފެންނާނީ އޭނާގެ ދަރިފުޅު ސުހާނާ ހާންއާ އެކު ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމަކީ ދަރިފުޅު ސުހާނާ ޚާނާ އެކީ "ދަ ކިންގް" ގެ ނަމުގައި ކުޅެން ހަމަޖެހިފައިވާ އެކްޝަން ތުރިލާއެކެވެ. "ދަ ކިންގް" އަކީ މި އަހަރު ރިލީޒްކުރި ޝާހްރުކްގެ "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ މާފްލިކްސް ޕިކްޗާސް އާއި ޝާހްރުކްގެ ރެޑް ޗިލީސް ގުޅިގެން ހަދަން ނިންމާފައިވާ ފިލްމެއް ކަމަށް ވެސް މީޑިއާތަކުން ބުނެފައިވެ އެވެ.

 

View this post on Instagram

 

A post shared by Gauri Khan (@gaurikhan)

ޝާހްގެ އަންނަ އަހަރުގެ ޕްރޮޖެކްޓުތަކާ ގުޅޭ ގޮތުން މިހާތަނަށް ބުނެފައި ވަނީ އަންނަ އަހަރުގެ އޭޕްރިލް – މެއި ހިސާބުގައި އޭނާ އެންމެ އަވަހަށް ފެންނާނެ ފިލްމުގެ މަސައްކަތް ފަށަން ހަމަޖެހިފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.