ޝްރޭނޫ އާއި އަކްޝޭ ކައިވެނިކޮށްފި

ޝްރޭނޫ އާއި އަކްޝޭ ކައިވެނިކޮށްފި

Author
ފާތިމަތު ނާވީ
24 ޑިސެމްބަރ 2023 07:26
0

ޑްރާމާ ސިލްސިލާ ތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދައިފައިވާ ދެ ތަރިން ކަމުގައިވާ ޝްރޭނޫ ޕާރިކް އަދި އަކްޝޭ މާތްރޭ ކައިވެނި ކޮށްފިއެވެ.

މި ދެމީހުން ލޯބިގެ ގޮތުން ގުޅިގެން އުޅޭތާ ވަނީ ދުވަސްގަނޑެއް ވެފައިފައިއެވެ. އެމީހުން ރައްޓެހިވީ އެކުގައި ކުޅުނު ޑްރާމާ "ގަރް އޭކް މަންދިރް" ކިޔާ ޑްރާމާގެ ތެރެއިންނެވެ. އެމީހުންގެ ލޯބީގައި ކައިވެނީގެ ގޮއްޖައިހައިފައި މިވަނީ މިމަހުގެ 21 ގައިއެވެ.

 

View this post on Instagram

 

A post shared by Shrenu Parikh (@shrenuparikhofficial)

ޝްރޭނޫގެ ކާމިޔާބު ޑްރާމާ ތަކުގެ ތެރޭގައި "ދިލް ބޯލޭ އޮބްރޯއީ" އާއި "އިޝްްގްބާޒް" ފާހަގަ ކޮށްލެވެއެވެ. އަދި އޭނާ ވަނީ ބައެއް ރިއަލިޓީ ޝޯވ ތަކުގައިވެސް ވާދަކޮށްފައިއެވެ. އެގޮތުން "ނަޗްބަލިޔޭ" ފާހަގަ ކޮށްލެވއެވެ.

އަނެއްކޮޅު އަކްޝޭ ވަނީ "ޕިޔާ އަލްބޭލާ" އާއި "ދިލް މާންގޭ މޯ" ފަދަ ޑްރާމާ ތަކުން ފެނިގެން ގޮސްފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.