ހުޅުމާލެ އިން ފައިލޭރިއާ ޖެހިފައިވާ މީހަކު ފެނިއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ހުޅުމާލެއިން ފައިލޭރިއާއަށް ޕޮޒިޓިވް ވެފައިވަނީ ބިދޭސީއެކެވެ.
ހުޅުމާލެއިން ފައިލޭރިއާއަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނުމާއި ގުޅިގެން ގުޅިގެން ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި މަހުގެ 22 ވަނަ ދުވަހު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މައިގްރޭންޓް ފެއަރގައި ޓެސްޓް ކުރި 13 ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން އެކަކު ފައްސިވިިއިރު، 12 މީހަކު ނެގެޓިވް ވެފައިވާ ކަމުގައެވެ.
އަދި ފައިލޭރިއާއަށް ޕޮޒިޓިވް ވި މީހާއަށް ބޭސް ދެވިފައިވާ ކަމަށާއި، މިއާއެކު މިހާރު ރައްޖެއިން މި ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 26 އަށް އަރާފައިވާ ކަމަށް އެޗްޕީއޭއީން ބުނެފައި ވެއެވެ.
ފައިލޭރިއާއަށް ޕޮސިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ pic.twitter.com/dNSNR7iwwT
— Health Protection Agency (@HPA_MV) December 23, 2023
ރާއްޖެއިން ފެންނަމުންދާ ފައިލޭރިއާ ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންދާކަމަށް އެޗްޕީއޭއިން މީގެ ކުރިން ބުނެފައި ވެއެވެ. އަދި އެޗްޕީއޭއިން ބުނެފައިވަނީ ކުޅުދުއްފުށި ސިޓީން ފައިލޭރިއާ ފައްސިވި ބިދޭސީންގެ އަދަދު 25 އަށް އަރާފައިވާކަށެވެ.
އެޗްޕީއޭއިން ބުނެފައިވަނީ، މި އަހަރު ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީގައި ހިންގުނު ބިދޭސީ މަސައްކަތްތެރިންގެ ހެލްތު ސްކްރީނިންގް ކޭމްޕްގައި ބައިވެރިވި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ފައިލޭރިއާއަށް ބައެއް ފަރާތްތައް ފައްސި ވުމާގުޅިގެން މިމަހުގެ 1 އިން 19 އަށް ކުރެވުނު ސްކްރީނިންގް އިން ޖުމްލަ 25 ބިދޭސީން ވަނީ ފައްސިވެފައިވާކަމުގައެވެ.
އެޗްޕީއޭއިން ބުނެފައިވަނީ ސްކްރީން ކުރެވުނު 434 މީހުންގެ ތެރެއިން 409 މީހުން ވަނީ ނައްސި ވެފައެވެ. މި ފަރާތްތައް ރާއްޖެ އައިސްފައިވަނީ ފައިލޭރިއާ އާއްމުކޮށް ފެންނަ 'އެންޑެމިކް' ޤައުމު ތަކުންކަން ފާހަގަ ކުރެވިފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
ރާއްޖެ އިން ނައްތާލާފައިވާ ފައިލޭރިއާ ޖެހިފައިވާ ބަޔަކު ކުޅުދުއްފުށި ސިޓީން ފެނިފައި ވަނީ އެއިޑްސް ދުވަހާ ގުޅިގެން މި މަހުގެ 1 އަދި 2 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިން ކެމްޕެއިންގެ ތެރެއިންނެވެ. އެފަހަރު 17 މީހަކު ބައްޔަށް ފައްސިވިފައެވެ. އޭގެ ފަހުން އިތުރު ދެ މީހަކު ވެސް ފައްސިވެފައި ވެއެވެ.
ފައިލޭރިއާއަކީ ބަލި ޖައްސާ ފަންޏެއ (ޕެރަސައިޓ)ްގެ ސަބަބުން ހަށިގަޑުގެ ބައެއް ގުނަވަންތަކަށް ޖެހޭ ބައްޔެކެވެ. މި ޕެރަސައިޓުގެ ސަބަބުން ހަށިގަޑުގެ ލިމްފެޓިކް ސިސްޓަމަށް އަސަރު ކުރެއެވެ. މި ޕެރަސައިޓް ނުވަތަ ފަނި ފެތުރެނީ މަދިރީގެ ޒަރީއާއިންނެވެ.