ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަކީ ކަންނެތް، ރައްޔިތުންނާ ދުރު ސަރުކާރަކަށް ނުވާނެ: ސަޢީދު

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަކީ ކަންނެތް، ރައްޔިތުންނާ ދުރު ސަރުކާރަކަށް ނުވާނެ: ސަޢީދު

Author
އައިޝަތު އަޙްމަދު
23 ޑިސެމްބަރ 2023 01:26
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ކަންނެތް އަދި ރައްޔިތުންނާ ދުރު ސަރުކާރަކަށް ނުވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މި ހަފްތާ ބަންދުގައި ވަޒީރުންގެ މަޖިލީހުގެ ހުރިހާ ވަޒީރުން ގެންދަވަނީ ރައީސްގެ އެދިވަޑައިގަތުމަށް އަތޮޅުތެރޭގެ ރައްޔިތުންގެ ގާތަށް ދަތުރުކުރައްވާ ރައްޔިތުންގެ ޙާލަތު ބައްލަވަމުންނެވެ. އެގޮތުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ގެންދަވަނީ ހއ.އަތޮޅަށް ވަޑައިގެން އެ އަތޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ.

އެ ދަތުރުފުޅުގެ ތެރެއިން ހއ. އުތީމުގައި ހުންނަވާ މީޑިއާއަކަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ ސަޢީދު ވިދާޅުވީ، ސަރުކާރުގެ 14 ހަފްތާގެ ތެރޭގައިވެސް ކުރުމަށް ވަރަށް ގިނަ ކަންކަން އެބަހުރިކަމަށެވެ.

އަޅުގަނޑު ރައީސްގެ ފަރާތުން ދެއްވާ ޔަޤީންކަމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަކީ ކަންނެތް ސަރުކާރަކަށް ނުވާނެކަން. ރައްޔިތުންނާ ދުރު ސަރުކާރަކަށް ނުވާނެ. ޢަމަލީގޮތުން ކަންކަން ތަންފިޒްކޮށްގެން ކުރިއަށްދާ ސަރުކާރަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވާނެ.

– އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ސަރުކާރުގެ އެކި ވަޒީރުން އެކި އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގައި ސަރުކާރުގެ ކުންފުނިތަކުގެ އެމްޑީންނާއި އިސްވެރިންވެސް ބައިވެރިވެވަޑައިގަންނަވައެވެ. އަދި ރައްޔިތުންނާ ބައްދަލުކުރައްވާ، ރައްޔިތުން ބޭނުންވާ ކަންކަމާއި، އެ ރަށްރަށް ދިމާވެފައިވާ ދަތިތަކުގެ ކަންކަން ދަނީ އޮޅުންފިލުއްވައި، މިހާރުން މިހާރަށް ކުރެއްވޭނެ ކަންކަމަށް ޙައްލު ގެނެސްދެއްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.