ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީ އަކީ ޗުއްޓީގައި އާންމުކޮން އާއިލާ އާއި އެކުގައި ކޮންމެވެސް ތަނަކަށް ދާ ބަތަލާއެކެވެ. އަބަދުވެސް ޗުއްޓީގައި ޝިލްޕާ އާއި ފިރިމީހާ އަދި ދެކުދިން ކޮންމެވެސް ތަނަކަށް ޖައްސާލައެވެ.
ޑިސެމްބަރު ޗުއްޓީ އަކީ ވަރަށް ހާއްސަ ޗުއްޓީއެކެވެ. އާންމުކޮން މި ޗުއްޓީ ޝީލްޕާގެ އާއިލާ އިން ހޭދަ ކުރަނީ ބޭރުގެ ގައުމެއްގައިއެވެ. ޑިސެމްބަރުގެ ޗުއްޓީގައި ކްރިސްމަސް ފާހަގަ ކުރުމާއި ކުދިންނާއި އެކުގައި ވަގުތު ހޭދަކުމަށް އެންމެ ގިނައައިން އޭނާ ގޮސްފައި ވަނީ ނިއުޔޯކްއަށެވެ.
ނަމަވެސް ކުރިއާ ހިލާފަށް މިފަހަރު އެއާއިލާގެ ޗުއްޓީ ތަފާތެވެ. މިފަހަރު އިންޑިއާގެ ނޫސްތައް ބުނާ ގޮތުގައި މިވަގުތު ޝިލްޕާ އޭނާގެ އާއިލާއާއެކު ގޮސް އުޅެނީ އިންޑިއާގެ ރާޖަސްތާންގެ ފަގީރު އަވަށްތަކަކަށެވެ.
އެ ޗުއްޓީގައި ނަގާފައިވާ ފޮޓޯތަކެއް މީޑިއާގައި ދައުރުވަމުން ދާއިރު ޝިލްޕާގެ އިތުރުން އޭނާގެ ފިރިމީހާ ރާޖް ކުންދްރާއާއި ދެ ދަރިން ވެސް ފެނެ އެވެ. މީ އެ އާއިލާ އަށް ވަރަށް ތަފާތު ޗުއްޓީއަކަށް ވެގެން ދާނެއެވެ.
ޝިލްޕާ ވަނީ ޗުއްޓީއަށް އާއިލާ އާއި އެކުގައި ރާއްޖެއަށް ވެސް އައިސްފައިއެވެ. އޭނާ ފާހަގަ ކުރެވެނީ ރާއްޖެއަށް ވަރަށް ގިނައިން އަންނަ ބަތަލާއެއްގެ ގޮތުގައިއެވެ. މި ފަހުންވެސް އޭނާ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިއެވެ.