އިންޑިއާގައި ހިޖާބު މަނާކުރުން: ކުރީގެ ސަރުކާރުގެ ނިންމުން އިންޑިއާ ސްޓޭޓުން އަނބުރާ ގެންދާނެ: ޗީފް މިނިސްޓަރު

އިންޑިއާގައި ހިޖާބު މަނާކުރުން: ކުރީގެ ސަރުކާރުގެ ނިންމުން އިންޑިއާ ސްޓޭޓުން އަނބުރާ ގެންދާނެ: ޗީފް މިނިސްޓަރު

Author
ހުސެއިން
23 ޑިސެމްބަރ 2023 10:54
0

ބީޖޭޕީން އަޅާފައިވާ ހިޖާބު މަނާކުރުމުގެ އަމުރު އަނބުރާ ގެންދަން ހަމަޖައްސާފައިވާކަމަށް އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ޗީފް މިނިސްޓަރު ސިދާރަމަޔާ ހުކުރު ދުވަހު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ، މީހުން ހެދުން އެޅުމާއި ކެއުމަށް އިސްކަންދޭ ކަންކަމާ މެދު ސިޔާސީގޮތުން އަމަލުކޮށްގެން ނުވާނެ ކަމުގައެވެ.

އެ ސްޓޭޓުގެ ކުރީގެ ބީޖޭޕީ ސަރުކާރުން ވަނީ ތައުލީމީ މަރުކަޒުތަކުގައި ކިޔަވާ ދަރިވަރުންނަށް ހިޖާބު މަނާކޮށްފަ އެވެ.

މި މައްސަލަ ކަރްނާޓަކާ ހައި ކޯޓަށް ދިޔައިރު، އެ ކޯޓުން ވެސް ވަނީ އޭރުގެ ބީޖޭޕީ ސަރުކާރުން މަނާކުރި ގޮތަށް ތާއީދުކޮށްފަ އެވެ. މިގޮތުން ސުޕްރީމް ކޯޓުގައި ޚިޔާލުތަފާތުވި ނަމަވެސް، ކަރަންޓަކާ ހައި ކޯޓު ދެމެހެއްޓި ހުކުމް ސުޕްރިމް ކޯޓުން ވަނީ ދަމަހައްޓާފައެވެ.

ހުކުރު ދުވަހު މައިސޫރު ސިޓީގައި ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން ކަރްނާޓަކާގެ ޗީފް މިނިސްޓަރު ވިދާޅުވީ މި ނިންމުން އަނބުރާ ގެންދިއުމުން އަންހެނުންނަށް ހިޖާބު އަޅައިގެން ބޭރަށް ނުކުމެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން އެ ނިންމުން އަނބުރާ ނަގާނަން، މިހާރު ހިޖާބު މަނާއެއް ނޫން. އަންހެނުންނަށް ބޭރަށް ނުކުމެވޭނެ ހިޖާބު އަޅައިގެން. އަޅުގަނޑު އޮފިޝަލުންނަށް ދެންނެވިން އެ އަމުރު (ކުރީގެ ސަރުކާރުގެ އަމުރު) އަނބުރާ ނަގަން. ހެދުން އެޅުމާއި ކާއެއްޗެހި ކެއުމަކީ އެމީހެއްގެ އިޚްތިޔާރު، އަހަރެން އިއުތިރާޒު ކުރަންވީ ކީއްވެ ހެއްޔެވެ؟ ބޭނުން ކޮންމެ ހެދުން އަޅައިގެން، ބޭނުން އެއްޗެއް ކެވޭނެ. ކީއްވެ އަހަރެން އަޅާލަންވީ؟ ވޯޓު ހޯދަން ސިޔާސީ ކަމެއް ކޮށްގެން ނުވާނެ، އެކަން ނުކުރާނަން،" ކަރްނާޓަކާގެ ޗީފް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.