ފަރުވާ އަށް ފަހު ޝްރެޔާސް ތަލްޕަޅޭގެ ހާލު ރަނގަޅު

ފަރުވާ އަށް ފަހު ޝްރެޔާސް ތަލްޕަޅޭގެ ހާލު ރަނގަޅު

Author
ފާތިމަތު ނާވީ
24 ޑިސެމްބަރ 2023 12:42
0

ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ދެމުން ދިއަ ބޮލީވުޑްގެ އެކްޓަރު ޝްރެޔާސް ތަލްޕަޅޭގެ ހާލު ރަނގަޅު ކަމަށާއި މިހާރު ގެއަށް ދޫކޮށްލައިފައިވާ ކަމަށް އޭނާ ގެ އަންހެނުން ބުނެފިއެވެ.

ޝްރެޔާސް ގެ ހިއްސީ އަޕްޑޭޓް ދެމުން އޭނާ ގެ އަންހެނުން ބުނީ މިހާރު ޝްރެޔާސް އޮތީ ގޭގައި ކަމަށެވެ. އަދި ހުރިހާ ކަމެއް ވެސް ރަނގަޅު ކަމަށް ބުނެފައި ވާކަމަށް މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Face Magazine (@facemag.in)

މިދިއަ ހަފްތާގައި ޝްރެޔާސް އަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ދޭން ހޮސްޕިޓަލަސް ގެންގޮސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު މުމްބާއީގައި އޭނާގެ ކުރިއަށް އޮތް ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް"ގެ ޝޫޓެއް ނިންމާލި ފަހުންނެވެ.

ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމްގެ ޝޫޓިން މިދިއަ ހަފްތާގައި ވަނީ ފަށައިއެވެ. އާންމުކޮށް ސަޕޯޓިން ރޯލު ތަކުން ފެންނަ ޝްރެޔާސް ވެސް މި ފިލްމް އިން ފެނިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.