އައު އަހަރާ ދިމާކޮށް ދެ ދުވަހަށް ބޭންކު ބަންދުވާނެ

އައު އަހަރާ ދިމާކޮށް ދެ ދުވަހަށް ބޭންކު ބަންދުވާނެ

Author
އައިޝަތު އަޙްމަދު
21 ޑިސެމްބަރ 2023 08:03
0

އައު އަހަރާ ދިމާކޮށް ދެ ދުވަހަށް ބީއެމްއެލް ބަންދުކުރުމަށް ނިންމައިފިއެވެ.

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ މިމަހުގެ 31 ވަނަ ދުވަހާއި ޖެނުއަރީ 1ވަނަ ދުވަހު ބޭންކް ބަންދުވާނެ ކަމަށެވެ. އަދި ބޭންކު ހުޅުވާނީ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ކަމަށް އެ ބޭންކުން ބުންޏެވެ. ކޮންމެ އަހަރެއް ނިމުމާއެކު ބޭންކުން ނިންމަންޖެހޭ މާލީ ހިސާބުތައް ނިންމުމަށް ޑިސެމްބަރުމަހުގެ ފަހު ދުވަސްތައް ބަންދުކުރެއެވެ.

ބޭންކު ބަންދުކުރި ނަމަވެސް ބީއެމްއެލް އާއި އެމްއައިބީން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކޮށްފައި ހުރި ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެކަމަށް އެ ބޭންކުން ބުނެއެވެ.

ބޭންކު ބަންދުކޮށްފައި ހުންނަ މުއްދަތުގައި ބޭންކިންގ ޚިދުމަތް ހޯދުމަށް އިންޓަރނެޓް ބޭންކިންގ އާއި ސެލްފް ސަރވިސް އޭޓީއެމް ބޭނުންކުރޭވެނެ ކަމަށާއި، ކޮންޓެކްޓް ސެންޓަރާއި، ވެބް ޗެޓް އަދި ބޭންކުގެ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އެހީތެރިކަން ލިބޭނެކަމަށް ބީއެމްއެލް އިން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.