މިއަހަރު ރިލީޒް ކުރި ބޮލީވުޑްގެ ކާމިޔާބު ދެ ފިލްމް ކަމުގައިވާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އާއި "ގަދަރް 2″ މީޑިއާނެޓުގެ ޗެނަލްތައް މެދުވެރިކޮށް ބަލާލެވޭނެ އެވެ.
ކަރަން ޖޯހަރް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ސިނަމާތަކަށް ރިލީޒްކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހުގަ އެވެ. ސިނަމާތަކުގައި 355 ކުރޯރުގެ ވިޔަފާރިއެއްކޮށް، ބޮކްސް އޮފީހުގެ 9 ވަނައިގައި އޮތް މި ފިލްމު ވަނީ އެމެޒަން ޕްރައިމް ސްޓްރީމިންގް ސާރވިސްގައި ވެސް ރިލީޒްކޮށްފަ އެވެ. މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ 24 ޑިސެމްބަރު ވަނަ ދުވަހުގެ ރޭ 19:30 ގައި ކަލާރޒް ސިނެޕްލެކްސް އެޗްޑީ (މީޑިއާނެޓް ޗެނަލް 860) އިންނެވެ.
ބޮޑު ކާމިޔާބެއް ހޯދި "ގަދަރް2″ އަކީ 2001 ވަނަ އަހަރު ނިކުތް ފިލްމު "ގަދަރް" ގެ ސީކުއަލް އެކެވެ. "ގަދަރް2″ ވެގެން ގޮސްފައިވަނީ ސުޕަ ހިޓް ފިލްމް އަކަށެވެ. ސުޕާ ހިޓް މި ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެންދާނީ މި ފިލްމުގެ ފުރަތަމަ ބައިގައި މީގެ 22 އަހަރު ކުރިންވެސް ފެނިގެންދިޔަ ސަނީ ޑިއޯލް އަދި އަމީޝާ ޕަޓޭލް އެވެ.
މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ 31 ޑިސެމްބަރު ވަނަ ދުވަހުގެ ހެނދުނު 11:30 އަދި ރޭގަނޑު 20:30 ގައި ޒީ ޓީވީ އެޗްޑީ (މީޑިއާނެޓު ޗެނަލް 852) އިންނެވެ.
މި ދެ ފިލްމް އަކީ ވެސް ވަރަށް ތަފާތު ދެ ޖޯންރާއެއްގެ ދެ ފިލްމްއެކެވެ. ނަމަވެސް ދެފިލްމް އަށް ވެސް ބެލުންތެރިންގެ ފަރާތުން ލިބިގެން ގޮސްފައިވަނީ ވަރަށް ރަނގަޅު ތަރުހީބެކެވެ.