ކުޅުދުއްފުށި ސިޓީން ފައިލޭރިއާ ފައްސިވި ބިދޭސީންގެ އަދަދު 25 އަށް އަރައިފިއެވެ.
އެޗްޕީއޭއިން ބުނެފައިވަނީ، މި އަހަރު ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީގައި ހިންގުނު ބިދޭސީ މަސައްކަތްތެރިންގެ ހެލްތު ސްކްރީނިންގް ކޭމްޕްގައި ބައިވެރިވި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ފައިލޭރިއާއަށް ބައެއް ފަރާތްތައް ފައްސި ވުމާގުޅިގެން މިމަހުގެ 1 އިން 19 އަށް ކުރެވުނު ސްކްރީނިންގް އިން ޖުމްލަ 25 ބިދޭސީން ވަނީ ފައްސިވެފައިވާކަމުގައެވެ.
އެޗްޕީއޭއިން ބުނެފައިވަނީ ސްކްރީން ކުރެވުނު 434 މީހުންގެ ތެރެއިން 409 މީހުން ވަނީ ނައްސި ވެފައެވެ. މި ފަރާތްތައް ރާއްޖެ އައިސްފައިވަނީ ފައިލޭރިއާ އާއްމުކޮށް ފެންނަ 'އެންޑެމިކް' ޤައުމު ތަކުންކަން ފާހަގަ ކުރެވިފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
އެޗްޕީއޭއިން އިތުތަށް ބުނެފައިވަނީ، މި ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.
ރާއްޖެ އިން ނައްތާލާފައިވާ ފައިލޭރިއާ ޖެހިފައިވާ ބަޔަކު ކުޅުދުއްފުށި ސިޓީން ފެނިފައި ވަނީ އެއިޑްސް ދުވަހާ ގުޅިގެން މި މަހުގެ 1 އަދި 2 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިން ކެމްޕެއިންގެ ތެރެއިންނެވެ. އެފަހަރު 17 މީހަކު ބައްޔަށް ފައްސިވިފައެވެ. އޭގެ ފަހުން އިތުރު ދެ މީހަކު ވެސް ފައްސިވެފައި ވެއެވެ.
ފައިލޭރިއާއަކީ ބަލި ޖައްސާ ފަންޏެއ (ޕެރަސައިޓ)ްގެ ސަބަބުން ހަށިގަޑުގެ ބައެއް ގުނަވަންތަކަށް ޖެހޭ ބައްޔެކެވެ. މި ޕެރަސައިޓުގެ ސަބަބުން ހަށިގަޑުގެ ލިމްފެޓިކް ސިސްޓަމަށް އަސަރު ކުރެއެވެ. މި ޕެރަސައިޓް ނުވަތަ ފަނި ފެތުރެނީ މަދިރީގެ ޒަރީއާއިންނެވެ.