ބެކް މިއުޒިކާއެކު މަޖިލިސް ޖަލްސާ ބާއްވާނަމަ ވާނެގޮތް ޝަހީދު ދައްކާލައިފި!

ބެކް މިއުޒިކާއެކު މަޖިލިސް ޖަލްސާ ބާއްވާނަމަ ވާނެގޮތް ޝަހީދު ދައްކާލައިފި!

Author
ޢަލީ އާދަމް
13 ޑިސެމްބަރ 2020 07:06
0

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބެކްމިއުޒިކާއެކު ކުރިއަށްދާނަމަ އޮންނާނެ ގޮތް ޝަހީދު ލެގަސީ ދައްކާލައިފިއެވެ.

ރާއްޖޭގެ ރޮކްމެޓްލްގެ ރަސްގެފާނު އަޙްމަދު ޝަހީދު، އެންމެގެ ނަމުން ނަމަ ޝަހީދު ލެގަސީ އަކީ އަބަދުވެސް މިފަދަ ތަފާތު ހުށަހެޅުން ސަޕޯޓަރުންނަށް ގެނެސްދޭ އާޓިސްޓެކެވެ.

އަބަދުވެސް ފޭނުން އެންޓަރޓެއިން ކޮށްދިނުމަށް އިސްކަންދޭ ޝަހީދު މިއަދު ފޭނުންނަށް ދޫކޮށްލީ ހޫނުގަދަ މަޖިލިސް ޖަލްސާއެއްގައި ރޮކް މެޓަލް ބެކްމިއުޒިކެއް އަޅައިފި ނަމަ ދެން ވާނެ ގޮތެވެ.

ދާދި ފަހުން ބޭއްވި މަޖިލިސް ޖަލްސާއެއްގައި އައްޑޫ މަރަދޫ ދާއިރާގެ މެމްބަރުގެ ނަން އިއްވާ މަޖިލީހުން ނެރުމަށް މަޖިލީހުގެ ރައީސް އެންގެވި އެންގެވުމުގެ އަޑާއި ވީޑިއޯއަށް، މަޖިލީސް ރައީސްގެ ވާހަކަފުޅު ބީޓަށް ގުޅުވާލައިގެން މެޓަލިކް ގިޓާ މިއުޒިކެއް އަޅާލާފަ އިން ގޮތް ހަމަ ތަފާތު ނޫންތޯއެވެ؟

ޝަހީދުގެ މި ހުށައެޅުން ގިނަބަޔަކަށް ކަމުގޮސްފައި ވާކަން ސޯޝަލް މީޑިއާގެ މި ޕޯސްޓަށް ފޭނުން ކޮށްފައިވާ ރިއެކްޓް ތަކުން އެނގެއެވެ.

މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހިމަނައިގެން ޝަހީދު މީގެ ކުރިންވެސް މިފަގަ ވީޑިއޯ އެއް ވަނީ ހަދާފައެވެ. އެ ފަހަރުގެ ވީޑިއޯގައި ރައީސް ނަޝީދު ހުންނަވަނީ ޤައުމީ ފުޓުބޯޅަ ޓީމަށް ސަޕޯޓުދޭން ތައްޔާރުވެ ކަރުގައި ޑްރަމެއް އަޅުވައިގެންނެވެ. އަދި އެ ޑްރަމްގައި ޖައްސަވާ ބީޓަށް، ފެންކުޅި ކުޅެލަން ލަވައިގެ މެޓަލިކް މިއުޒިކެއް ޝަހީދު ކުޅެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.