ސިޔާމްއާއި މުއިއްޒު ބައްދަލު ކުރައްވައިފި

ސިޔާމްއާއި މުއިއްޒު ބައްދަލު ކުރައްވައިފި

Author
ހުސެއިން
20 ޑިސެމްބަރ 2023 02:13
0

އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދުއާއި ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރެއްވި ކަންކަމުގެ ތަފްސީލް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ސިޔާމް މުއިއްޒުއާއި ބައްދަލުކުރައްވާފައި މިވަނީ، ކުރިޔަށް އޮތް ތައްޔިތުންގެ މަޖިލިހުގައި ވާދަކުރުމަށް ސިޔާމް އެމްޑީއޭއިން ޕިއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ޕީޕީއެމް/ޕީއެންސީން ހުޅުވާލާފައި ވަނިކޮށެވެ. އެހެންނަމަވެސް ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހެޅުއްވީ ކިތަށް މެމްބަރުންކަމެއް ސާފުވެފައެއް ނުވެއެވެ.

ވެރިކަންކުރާ ކޯލިޝަންގައި އެމްއެންޕީއާއި ހިމެނުނު ނަމަވެސް، އެޕާޓީގެ ތެރެެއިން ކެބިނެޓްގައި އެމްޑީއޭ ތަމްސީލެއް ނުކުރެއެވެ. އަދި އެ ޕާޓީއަކީ ކެމްޕޭންގައިވެސް އެއްވެސް ދައުރެއް އަދާކޮށްފައިވާ ޕާޓީއެއްވެސް ނޫންކަން ފާހަގަ ކޮށްލެވެއެވެ.

އެމްޑީއޭއިން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ތާއީދު ކޮށްފައިވަނީ ރައީސް ސާލިހަށެވެ. އެހެންނަމެސް ރައީސް ސާލިހަށް އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަމަށް ބަލާ، އެމްޑީއޭއިން ވަނީ ފުރަތަމަ ބުރުގެ ނަތީޖާއަށްފަހު އެ ކޯލިޝަން ރޫޅާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.