1.8 މިލިއަން ފަތުރުވެރިޔާ މާދަމާ ރާއްޖެ އަންނާނެ

1.8 މިލިއަން ފަތުރުވެރިޔާ މާދަމާ ރާއްޖެ އަންނާނެ

ރާއްޖެއަށް މިއަހަރު އަންނަ 1.8 މިލިއަން ވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެ އަންނާނެ ކަމަށް ޓުރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އެމްއެމްޕީއާރުސީ (ވިޒިޓް މޯލްޑިވްސް) އިން ބުނެފައިވަނީ މާދަމާ އައުމަށް ހަމަޖެހިފައިވާ 1.8 ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިއުމަށް ތައްޔާރު ވަމުންދާ ކަމުގައެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވަނީ 1.8 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަންނާނެ ކަމަށް ބެލެވެނީ ކުރެވެނީ މާދަމާ ހަވީރު 16:00 އާއި 17:00 އާއި ދެމެދުގެ ވަގުތެއްގައި ކަމުގައެވެ.

އެމްއެމްޕީއާރުސީއާއި ޓުއަރިޒަމް މިނިސްޓްރީން ވަނީ މިއަހަރު 1 މިލިއަން ފަތުރުވެރިޔާ ރާއްޖެ އައުންވެސް ފާހަގަ ކޮށްފައެވެ. އަދ ފާއިތުވެދިޔަ އަަހަރުވަނި 1.6 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައުންވެސް ފާހަގަ ކޮށްފައެވެ.

މި ޑސެމްބަރު މަހުގެ ތިން ވަނަ ދުވަހާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ ތަފާސްހިސާބުތައް ދައްކާގޮތުން އެ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،703،204 ފަތުރުވެރިން އައިސްފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު، %12.9 ކުރިއެރެމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 1،508،307 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަހަރު އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. އަގައުމުން 193،269 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ އިންޑިއާއިންނެވެ. އެގައުމުން ރާއްޖެއަށް 185،987 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ލިސްޓުގެ ތިންވަނާގައި އޮތް ޗައިނާއިން 176،803 ފަތުރުވެރިން އައިސްފައި ވެއެވެ.

ޓޫރިޒަމްގެ ތަފާސްހިސާބުތައް ދަައްްކާގޮތުން މިހާރު ރާއްޖޭގައި 119 ރިސޯޓެއް ހިންގަމުން ދެއެވެ. އަދި 14 ހޮޓަލެއް މިވަގުތު އޮޕަރޭޝަނަށް ގެެސްފައިވާއިރު، 924 ގެސްޓް ހައުސް އަކާއި، 144 ސަފާރީ އޮޕަރޭޝަނަށް ގެެނެސްފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *