ކޮއްކޮ އަށް ޖާންވީގެ ނަސޭހަތެއް

ކޮއްކޮ އަށް ޖާންވީގެ ނަސޭހަތެއް

Author
ފާތިމަތު ނާވީ
21 ޑިސެމްބަރ 2023 03:23
0

ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރު އޭނާ ގެ ކޮއްކޮ ހުޝީ ކަޕޫރު ބޮލީވުޑްއަށް ތައާރަފް ވުމާއި ގުޅިގެން ނަސޭހަތް ދީފިއެވެ.

މިދިއަ މަހުގައި ނެޓްފްލިކްސް އިން ޕްރިމިއާ ކުރި، ގިނަ ސްޓާކިޑުންތަކެއް ބޮލީވުޑްއަށް ތައާރަފްވި ފިލްމް "ދި އާޗީސް" އިން ހުޝީ ވަނީ ބޮލީވުޑްއަށް ތައާރަފް ވެފައިއެވެ.

ޖާންވީގެ ނަސޭހަތުގައި ބުނެފައިވަނީ މި ދާއިރާގައި އުޅޭއިރު މީހުންގެ ނަފްރަތާއި ފާޑުކިޔުން އަމާޒުވާނެ ކަމަށާއި އެކަމަށް ވަރަށް ބޮޑަށް ތައްޔާރު ވެގެން ހުންނަން ޖެހޭނެ ކަމަށެވެ.

އެހެން ނަމަވެސް އެކަމުގައި އަމިއްލަ ނަފްސުގެ ތަރައްގީ ގެއްލުވާނުލުމަށް ޖާންވީ ޚުޝީއަށް ނަސޭހަތްތެރިވި އެވެ. އަދި އޭނާ ނުކުތްއިރު އެ ނަސޭހަތް އޭނާއަށް ދޭނެ މީހަކު ހުރިނަމައޭ ހިތަށް އެރިކަމަށް ވެސް ބުނެފައި ވެއެވެ.

 

View this post on Instagram

 

A post shared by Janhvi Kapoor (@janhvikapoor)

ޖާންވީ ބޮލީވުޑް އަށް ތައާރަފްވީ 2018 ވަނަ އަހަރުގެ ފިލްމް "ދަޅަކް" އިންނެވެ. އޭނާ މިހާރު އަންނަނީ ބޮލީވުޑްގައި ކުރިއެރުން ހޯދަމުންނެވެ. މި ދެކުދިން ނަކީ ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ޝްރީދޭވީ އާއި ބޯނޭ ކަޕޫރުގެ ދެކުދިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.