ރިއާއަށް ގައުމުން ބޭރުވުމުގެ ހުއްދަ ދީފި

ރިއާއަށް ގައުމުން ބޭރުވުމުގެ ހުއްދަ ދީފި

Author
ފާތިމަތު ނާވީ
21 ޑިސެމްބަރ 2023 10:23
0

2020 ވަނަ އަހަރު ދަންޖެހިގެން މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތް ގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ރިއާ ޗަކްރޮބޮތީއަށް އިންޑިއާއިން ބޭރުވުމުގެ ހުއްދަ ދީފި އެވެ.

މި މައްސަލައިގައި ރިއާ ވަނީ ޖަލުގައި ވެސް ދުވަސްތަކަކު ހޭދަވެސް ކޮށްފައިއެވެ. ރިއާގެ ވަކީލުގެ އެދުމުގެ މަތިން އިންޑިއާގެ ނާކޮޓިކްސް ޑިޕާޓްމަންޓުން އޭނާގެ ޕާސްޕޯޓު ދޫކޮށްފައި މިވަނީ އާ އަހަރުގެ މުއްދަތުގައި ދުބާއީއަށް ދިއުމަށެވެ.

މިއީ 2020 ވަނަ އަހަރު ސުޝާންތުގެ މަރުގެ ތަހުގީގު ފެށިފަހުން ރިއާގެ ޕާސްޕޯޓު ދޫކުރެވޭ ފުރަތަމަ ފަހަރެވެ. ރިއާއަށް ކުރެވިފައިވަނީ ގަސްދުގައި އަމިއްލައަށް މަރުވާން މީހަކަށް ބާރުއެޅުމުގެ ތުހުމަތާއި ޑްރަގްގެ ތުހުމަތު ތަކެކެވެ. ތުހުމަތު ތަކަށް އޭނާ އިންކާރު ކުރެއެވެ.

 

View this post on Instagram

 

A post shared by Rhea Chakraborty (@rhea_chakraborty)

ސުޝަންތު ދައްޖެހިގެން މަރުވި އިރުގައި އެދެމީހުން އުޅުނީ ލޯބީގެ ގޮތުން ގުޅިގެންނެވެ. އަދި ދެމީހުން އުޅެމުން ދިއައީ ވެސް ލިވިންގ ރިލޭޝަންޝިޕްއެއްގައިއެވެ. މިހާތަނަށް ވެސް ސުޝާންތު ދަންޖެހިގެން މަރުވި ސަބަބު ހާމައެއް ނުވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.