މަގުމަތީ ހުރި މީހެއްގެ އަތުން ފޯނެއް ފޭރުނު މީހަކު 5 މަހަށް ޖަލަށް

މަގުމަތީ ހުރި މީހެއްގެ އަތުން ފޯނެއް ފޭރުނު މީހަކު 5 މަހަށް ޖަލަށް

ގުޅުންހުރި

މަގުމަތީގައި ހުރި މީހެއްގެ އަތުން ފޯނެއް ފޭރުނު މީހަކު 5 މަހަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. ކުރިމިނަލް ކޯޓުން ޖަލަށްލާން ހުކުމްކޮށްފައިވަނީ ހއ.ކެލާ، ކޯދު، މުހައްމަދު ހިސާމްއެވެ.

ހުކުމްގައި ވާގޮތުން، 04 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ ރޭ 22:21 އެހައިކަންހައިއިރު ދަފްތަރު ނަންބަރު 4188 މުހައްމަދު ޝިޔާން ފަރީދީމަގުގެ އެމްއެޗްއޭ މާޓާއި ރެޑްވޭވް ފިހާރަ ހުންނަ ސަރަހައްދުގައި ހުއްޓައި ހިސާމް ސައިކަލުގައި އައިސް ޝިޔާން ގެންގުޅުނު ސެމްސަންގް ގެލެކްސީ އެސް 20 ފޯނު ޖަހައިގެން ގޮސްފައި ވާކަމަށެވެ.

އެ ސައިކަލުގައި ހިސާމްގެ އިތުރުން އެހެން މީހަކުވެސް އިނެވެ. މިމައްސަލަ ކުރިމިނަލް ކޯޓަށް ހުށަހެޅީ މިއަހަރު ސެޕްޓެމްބަރުމަހުގެ 6 ވަނަ ދުވަހުއެވެ.

މިމައްސަލާގައި ދައުލަތުން ދައުވާ ކޮށްފައި ވަނީ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.

މިކުށަށް ހިސާމް ވަނީ އެއްވެސް މަޖުބޫރު ކަމެއް ނެތި އިއުތިރާފްވެފައެވެ. އަދި އޭނާވަނީ ވީހާވެސް ކުޑަ އަދަބެއް ކަނޑައަޅައިދިނުމަށް އެދިފައެވެ. މިމައްސަލަ ކޯޓުން އަވަސް ނިޔާއިން ބެލުމަށް ނިންމައި އޭނަގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައި ކޮށްފައިވަނީ 5 މަސްދުވަހުގެ ޖަލަށް ލާށެވެ.

ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ދައުލަތުން ހިސާމްގެ މައްޗަށް ކުރި ދައުވާއަށް އޭނާ އެއްބަސްވެފައިވާ ކަމަށެވެ. އަދި ކުށުގެ އުޤޫބާތެއްގެ ގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 162 ވަނަ މާއްދާއަށް ރިއާޔަތްކޮށް ހުކުމް ކޮށްފައިވަނީ ހިސާމް ފަސް މަސް ދުވަހަށް ޖަލަށް ލާށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ