ރަންބީރާއި އާލިއާގެ ދަރިފުޅުގެ ނިކްނޭމް އިންގޭތަ؟

ރަންބީރާއި އާލިއާގެ ދަރިފުޅުގެ ނިކްނޭމް އިންގޭތަ؟

Author
ފާތިމަތު ނާވީ
18 ޑިސެމްބަރ 2023 10:16
0

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމުގައިވާ އާލިއާ ބަޓް އާއި ރަންބީރ ކަޕޫރު ގެ ދަރިފުޅު ރަހާ ކަޕޫރު ގެ ތިން ނިކް ނޭމް އެެއް އޮންނަ ކަމަށް އާލިއާ ބުނެފިއެވެ.

އާދިއްތަ ދުވަހުގައި އާލިއާ ވަނީ "ސަންޑޭ ފަންޑޭ" ގެ ނަމުގައި އިންސްޓަގްރާމްގައި ސުވާލާއި ޖަވާބުގެ ސެޝަަން އެއް ކުރިއަށް ގެންގޮސްފައިއެވެ. މި ސެޝަންގައި މީހަކު ވަނީ ރަހާގެ ނިކްނޭން ނުވަތަ ލޯބިން ކިޔަނީ ކީކޭތޯ ސުވާލް ކޮށްފައިއެވެ.

މި ސުވާލުގެ ޖަވާބުގައި އާލިއާ ބުނީ އޭނާގެ ދަރިފަށް ލޯބިން ކިޔަނީ ރަހު އާއި ރާރާ އާއި ލޮލީޕޮޕް ކަމަށެވެ. މީ އެމީހުން ދަރިފުޅަށް ލޯބިން ކިޔާ ނަންތަކުގެ ތެރެއިން ބައެއް ނަން ކަމަށްވެސް ބުނެފައި ވެއެވެ.

 

View this post on Instagram

 

A post shared by Koimoi.com (@koimoi)

އާލިއާ އާއި ރަންބީރު އަށް ދަރިއަކު ލިބުނީ 2022 ވަނަ އަހަރުގެ ނިވެމްބަރު މަހުގެ 6 ވަނަ ދުވަހުގައިއެވެ. މިހާރު އަހަރެއް ވެފައިވާ ރަހާ އެމީހުން ގެންގުޅެނީ މީޑިއާ އަށް "ފޮރުވައި"ގެންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.