ރުބީނާ އަށް ލިބުނީ އެއްމާބަނޑު އަންހެން ކުދިން

ރުބީނާ އަށް ލިބުނީ އެއްމާބަނޑު އަންހެން ކުދިން

Author
ފާތިމަތު ނާވީ
17 ޑިސެމްބަރ 2023 03:39
0

ޓިވީ ޑްރާމާ ތަކުން ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދައިފައިވާ ބަތަލާ ރުބީނާ ދިލައިކަށް އެއްމާބަނޑު އަންހެން ކުދިން ލިބިއްޖެއެވެ.

މިދިއަ މަހުގައި ރުބީނާ ވަނީ އޭނާ ބަލިވެ އިނީ ޓްވިންސް އަކަށް ކަމަށް ބުނެފައިއެވެ. މީޑިއާގައި ވާހަކަ ދައްކަމުން އޭނާ ބުނީ ލިބެނީ ޓްވިންސް އެއް ކަމަށާއި އެކަމާއި އެދެމަފިރިން ތިބީ ވަރަށް އުފަލުން ކަމަށެވެ.

 

View this post on Instagram

 

A post shared by Koimoi.com (@koimoi)

ރުބީނާ ބުނި އެކަމާއި އޭނާ އާއި ފިރިމީހާ އެކްޓަރު އަބިނާވް ޝުކްލާ ވެސް ހުރީ އެކަމާ ވަރަށް އުފަލުން ކަމަށެވެ. ރުބީނާ ބަލިވެއިކަން އިއުލާންކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ކަލާސްގެ ރިއަލިޓީ ޝޯ "ބިގް ބޮސް 14″ ވެސް ކާމިޔާބުކުރި ބަތަލާ ބުނީ އެއްމާބަނޑު ދެ ކުދިންނަށް ކުރިން އުންމީދު ވެސް ނުކުރާ ކަމަށެވެ. އަދި އެމީހުން ތިބީ ވަރަށް އުފަލުން ކަމަށް ވެސް ބުނެފައިވެއެވެ.

 

View this post on Instagram

 

A post shared by Rubina Dilaik (@rubinadilaik)

 

ރުބީނާ، 34، އާއި އަބިނާވް، 40، ކައިވެނިކުރީ، 2018 ގަ އެވެ. އަބިނާވް އާއި ރުބީނާ އަކީ ކަލާސްގެ "ހަތުރޯން ކޭ ކިލާޅީ" ގައި ވެސް ވާދަކޮށްފައިވާ ދެ މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.