ސުގަންދާ ވިހައިފި

ސުގަންދާ ވިހައިފި

Author
ފާތިމަތު ނާވީ
17 ޑިސެމްބަރ 2023 03:03
0

މަޝްހޫރު ކޮމޭޑީންއަށް ސުގަންދާ މިޝަރާ އާއި ޑރ. ސަންކެތު ބޮސާލޭ އަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.

ސުގަންދާ ވިހެއީ އިއްޔެ އެވެ. އަދި ލިބުނީ އަންހެން ކުއްޖެއްކަން އޭނަ އާއި ފިރިމީހާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ. ސުގަންދާ އާއި ސަންކެތު ކައިވެނިކުރީ 2021 ގަ އެވެ. މި ދެ މީހުން ކައިވެނިކުރީ އެކީގައި މަސައްކަތްކުރި ކޮމެޑީ ޝޯތަކުން އުފެދުނު ލޯތްބަށް ފަހު އެވެ.

އެމީހުން ދަރިއަކު ލިބެން އުޅޭކަން ރަސްމީކޮށް އިއުލާންކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. މީ މިދެމީހުން ގެ ވެސް އަލަތު ދަރިފުޅެވެ.

 

މި ދެމީހުން އެކުގައި ވަނީ މަޝްހޫރ ޝޯ "ދަ ކަޕިލް ޝަރްމާ ޝޯވ" އިންވެސް ފެނިގެން ގޮސްފައިއެވެ.  ހޯސްޓުންގެ ގޮތުގައި ވެސް މަސައްކަތްކުރާ ދެ ފަންނާނުންނަކީ ބޮލީވުޑްގެ ބައެއް ފަންނާނުން ވާހަކަ ދައްކާ ގޮތް ކޮޕީކުރާ މިމިކްރީ އާޓިސްޓުން ވެސް މެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.