ކުރީ ސަރުކާރުން ހެދި ގަވާއިދެއްގެ ދަށުން، ކްރޫޒްލައިނާތަކުގެ ވަކި ކޮޓަރިއަކުން ޓެކްސް ނަގަން ފެށުމުން ދިމާވެފައިވާ މައްސަލައަކާއި ގުޅިގެން ކުރަމުންދާ ޝަކުވާތަކަށް ހައްލެއް ހޯދައި ދެއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.
ފާއިތުވި ސެޕްޓެމްބަރު މަހު އާންމު ކުރި ގަވާއިދުގައި ކްރޫޒްލައިނާތަކުގެ ވަކިވަކި ކޮޓަރިތަކުން ޖީއެސްޓީ ނަގަން ފެށުމުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ޖަމްއިއްޔާއިން ބުނެފައިވަނީ މި ބަދަލުގެ ސަބަބުން ކްރޫލައިނާތަކަށް ރާއްޖެ ނައިސް އެހެން ގައުމުތަކަށް މިސްރާބުކުރަން ފަށާވައިވާ ކަމުގައެވެ.
އިންޑަސްޓްރީގެ ި ޝަކުވާތަކާއެކު ފައިސަލް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އެ ގަވާއިދު އިސްލާހުކޮށްގެން، އެ މައްސަލައަށް އަވަސް ހައްލެއް ހޯދައި ދެއްވާނެ ކަމަށެވެ.
ކްރޫޒްލައިންތަކާއި ގުޅޭ ގަވާއިދު އިސްލާހުކޮށް، ދަތިތަކަށް ހައްލު ގެނެސްދޭނަން: މިނިސްޓަރު @lasiaF969 https://t.co/AYIgE8D9H6
— Hathaavees (@hathavees) December 16, 2023
ގަވައިދު އަލުން އިސްލާހުކޮށްގެން، ކުރޫޒް ލައިނަރތަކަށް ކުރިމަތި ވެފައިވާ މައްސަލަތަކަށް ހައްލެއް ހޯއްދާވާ ދެއްވާނެކަން ހާމަކުރައްވަމުްނ ފައިސްލަ ވިދާޅުވެފައި ވެއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު އާންމުކުރި އާ ގަވާއިދުގައި ވާގޮތުން، ކުރޫޒު ލައިނަރގެ ކޮންމެ ކޮޓަރިއެއްގައި ފަސިންޖަރުން ހޭދަކުރާ ކޮންމެ ދުވަހަކަށް ޖީއެސްޓީގެ ގޮތުގައި 16 ޕަސެންޓު ދައްކަން ޖެހެ އެވެ. އެހެންނަމަވެސް ކޮންމެ ޗާޓާއަކުން ވަކިވަކި ޓެކްސް ނެގަން ޖެހުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް މާޔާ އިން ބުނެފައި ވެއެވެ. އަދި ޖުމްލަ ފީގެ ބަދަލުގައި މިގޮތަށް ޖީއެސްޓީ ނެގުމަކީ ކަންބޮޑުވާ ކަމެއް އެ ޖަމްއިއްޔާއިން ބުނެ އެވެ. ކުރިއަށް އޮތް ޖެނުއަރީގައި ވެސް ބޮޑެތި ކްރޫޒް ޝިޕްތަކެއް ރާއްޖެއަށް އައުމަށް ވަނީ ހަމަޖެހިފަ އެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް ބޮޑެތި ކްރޫޒްލައިނާތައް އަންނަމުން ދިޔަ އެވެ. އެ ބޯޓު ފަހަރުތަކުގެ އަންނަ ޓޫރިސްޓުންގެ ސަބަބުން މާލެ ކައިރީ ރަށްރަށުގެ ގެސްޓްހައުސްތަކާއި ރިސޯޓުތަކާއި މާލޭގެ ރެސްޓޯރެންޓްތަކުގެ އިތުރުން ސުވެނިޔާ ފިހާރަތަކަށް ވެސް ފައިދާ ވެ އެވެ.
ކޮމެންޓު ފޮނުވާ