ޖާދު އެކްސިޑެންޓެއްވެ ފަރުވާ ހޯދަނީ

ޖާދު އެކްސިޑެންޓެއްވެ ފަރުވާ ހޯދަނީ

Author
ފާތިމަތު ނާވީ
17 ޑިސެމްބަރ 2023 08:27
0

އެކްޓަރ/ޑިޒައިނަރ އަދި ނެށުންތެރިޔާ ޖާދުﷲ އިސްމައިލް ސްރީ ލަންކާގައި އެކްސިޑެންޓްވެގެން ފަރުވާ ދޭން ފަށައިފި އެވެ.

އޭނާ ލަންކާއަށް ދިއައީ ކޮން އިރަކު ކަމެއް ނޭގުންނަމަވެސް މި އެކްސިޑެންޓް ވީ އޭނާ މާލެ އަައުމަށް ފުރަން އޮތް ދުވަހުގައި ކަމަށް ދިވެހި ބައެއް މީޑާތަކުން ވަނީ ރިޕޯޓް ކޮށްފައިއެވެ.

މި އެކްސިޑެންޓާ ބެހާ މާ ބޮޑު ތަފުސީލެއް ލިބިފައި ނުވި ނަމަވެސް، ހާދިސާގައި ޖާދު އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. ޑައިރެކްޓަރު ފާތުމަތު ނަހުލާ ވަނީ ހޮސްޕިޓަލުގައި އޭނާ އޮއްވައި ނަގައިފައިވާ ފޮޓޯއެއް އާންމުކޮށް އޭނާ އެކްސިޑެންޓްވެ ފަރުވާ ހޯދަމުން އަންނަ ކަމަށް ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Fathimath Nahula (@fnahula)

މިހާތަނަށް ވަރަށް ގިނަ ވީޑިއޯ ލަވަތަކެއް ވެސް ކުޅެފައިވާ ޖާދު ވަނީ ފިލްމުތަކެއް ވެސް ކުޅެފައިވެ އެވެ. ޖާދު ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި "ނޭދެން ވަކިވާކަށް" އަދި "ދެވަންސޫރަ" ހިމެނެ އެވެ.

މީގެ އިތުރުން ޖާދުއަކީ މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ ޚަޒާންދާރުކަން ކުރަމުން އަންނަ މީހެކެއެވެ. އަދި އޭނާ ވަނީ ކުރިއަށް އޮތް ދައުރަށްވެސް އިންތިޚާބުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.