ޕޫޖާއަށް މަރުގެ އިންޒާރު ދީފި

ޕޫޖާއަށް މަރުގެ އިންޒާރު ދީފި

Author
ފާތިމަތު ނާވީ
16 ޑިސެމްބަރ 2023 04:51
0

ބޮލީވުޑްގެ ބަތަލާ ޕޫޖާ ހޭގްޅޭ އަށް މަރުގެ އިންޒާރު ދީފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.

ޕޫޖާއަށް މަރުގެ އިންޒާރު ދިނީ ދުބާއީގެ ނައިޓް ކްލަބެއް ހުޅުވަން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން ކަމަށް މީޑީއާއިން ބުނެއެވެ. މި ރަސްމިއްޔާތުގެ ތެރެއިން ޕޫޖާ އާއި އެތަނަށް ގޮސް ތިބި އެހެން ބަޔަކާ ދެމެދު ހިނގި ހޫނު އަރާރުންވުމެއްގެ ތެރެއިން ޕުޖާ އަށް މަރުގެ އިންޒާރު ދީފައި ވާކަމަށް ވެއެވެ.

މި ހާދިސާގެ ބައެއް ފޮޓޯއާއި ވީޑީއޯ ވަނީ ސޯޝަލް މީޑީއާގައި ވައިރަލް ވެފައިއެވެ. މިކަމާއި ބެހޭގޮތުން މިހާތަނަށް ޕޫޖާ އަދި އެއްވެސް އެއްޗެއް ބުނެފައިއެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Pooja Hegde (@hegdepooja)

ޕޫޖާ އަކީ ސައުތުގެ މަޝްހޫރު ބަތަލާއެކެވެ. އޭނާ ވަނީ ސަލްމާން ހާން އާއި އެކުގައި ބޮލީވުޑްގެ ފިލްމްއެއްގައި މަސައްކަތް ކޮށްފައިއެވެ. އެ ފިލްމް އަކީ އޭނާ ބޮލީވުޑްއަށް ތައާރަފްވި ފިލްމްއެވެ. އެއީ މިއަހަރު ރިލީޒްކުރި "ކިސީކާ ބައި ކީސީކާ ޖާން" ފިލްމްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.