ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށައަޅަން އެޕާޓިން ހުޅުވާލައިފިއެވެ.
އެމްޑީޕީން ބުނީ، އެޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެމްބަރުން ޝައުގުވެރިކަންފާޅު ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ. ޕްރައިމަރީ ބާއްވާނީ، 26 އަދި 27 ޖެނުއަރީވާ ހުކުރު އަދި ހޮނިހިރު ދުވަހުކަމަށް އެ ޕާޓީން ބުންޏެވެ.
ޕްރައިމަރީގައި ވެސް މަޖިލިސް އިންތިޚާބުގައި ވެސް ވާދަ ކުރެވޭނީ ޝައުގުވެރިކަން ފާޅުކޮށް ފޯމު ހުށަހަޅާ މެމްބަރުންނަށް އެކަނިކަމަށްވެސް އެމޑީޕީން ބުންޏެވެ.
ޕްރައިމަރީގައި ވާދަކުރުމުގެ ޝަރުޠުތައް:
- 1.އެމްޑީޕީގެ މެމްބަރެއް ކަމުގައިވުން
- 2.ޤާނޫނުއަސާސީ އާއި މަޖިލިސް އިންތިހާބުގެ ގާނޫނުން މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުޠުތައް ހަމަވުން
މިހާރު ހިންގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ އެމްޑީޕީގެ ތާރިޚުގައި އެންމެ ބޮޑު އަޣްލަބިއްޔަތެއް ލިބުނު މަޖިލީހެވެ. އެޕާޓުގެ މެންބަރުންގެ ޢަދަދު މިހާރުވެސް 50އިން މައްޗަށް އަރައެވެ.
އަންނަ އަހަރު ކުރީކޮޅު އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް 93 މެންބަރުން އިންތިޚާބުކުރާނެއެވެ.
ކޮމެންޓު ފޮނުވާ