އިސްރާއީލުން ޣައްޒާގެ، މަޝްހޫރޫ ޓީވީ ޗެނަލް އަލްޖަޒީރާގެ ކެމެރާމަނަކު މަރާލައިފިއެވެ.
އަރަބި ބްރޯޑްކާސްޓަރުގެ ތަރުޖަމާނަކު ވިދާޅުވީ ޣައްޒާގެ ދެކުނުގައި ހުކުރު ދުވަހު އަލްޖަޒީރާގެ ކެމެރާމަނަކު މަރާލާފައިވާ ކަމަށެވެ. އަލްޖަޒީރާއިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްކޫލަކަށް ދިން ބޮމުގެ ހަމަލާ ކަވަރު ކުރަމުން ދަނިކޮށް ކެމެރާމަން ސަމީރު އަބޫ ދައްގާ އާއި އެކުވެރިޔަކަށް އަނިޔާވެފައިވާ ކަމަށެވެ. އަބޫ ދައްޤާއަށް ފަރުވާ ދިނުމަށް މީހުން ސަލާމަތްކުރާ މީހުންނަށް ނުދެވި ވަނިކޮށް އޭނާ މަރުވެފައިވާކަމަށްވެސް އަލްޖަޒީރާއިން ބުނެފައި ވެއެވެ.
"ކެމެރާމަން ސަމީރު އަބޫ ދައްގާގެ ހަށިގަނޑު، މީހުން ސަލާމަތް ކުރާ މީހުން މިހާރު ވަނީ ހޯދާފައި،" ތަރުޖަމާނު ވިދާޅުވި އެވެ.
އަލްޖަޒީރާއިން ބުނީ ނޫސްވެރިންނަށް ހަމަލާދީފައިވަނީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސް ސިޓީގައި ޑްރޯނަކުން ފޮނުވާލި މިސައިލަކުން ކަމަށެވެ.
އިސްރާއީލުގެ ލާއިންސާނީ ހަމަލާތަކުގައި، ޣައްޒާގައިވަނީ ގިނަ އަދަދެއްގެ ނޫސްވެރިން މަރުވެފައެވެ.
ކޮމެންޓު ފޮނުވާ