ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި 354 ބޭފުޅުން ވާދަކުރަނީ

ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި 354 ބޭފުޅުން ވާދަކުރަނީ

Author
ހުސެއިން
15 ޑިސެމްބަރ 2023 07:16
0

މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ޕީޕީއެމް/ޕީއެންސީން ޕްރައިމަރީގައި ވާދަކުރުމަށް 354 މެންބަރުން ކުރިމަތި ލައިފިއެވެ.

އެހެންނަމަވެސް ޕްރައިމަރީއަށް ވާދަކުރުމަށް ކުރިމަތިލީ ބައެއް ފަރާތްތަކަށްވަނީ ޕްރައިމަރީއަކާ ނުލާ ޓިކެޓް ކަށަވަރު ވެފައެވެ. އެ މެމްބަރުންނަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ކަށަވަރު ވެފައިވަނީ އެދާއިރާތަކަށް އެންމެ ބޭފުޅަކު ވާދަކުރުމަށް ކުރިމަތި ލުމުންނެވެ.

ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޕްރައިމަރީ ބާއްވަން ނުޖެހި ޓިކެޓް ކަށަވަރުވީ ފަރާތްތަކަކީ:

ފޮނަދޫ ދާއިރާ – ޕީއެންސީގެ ޗެއާރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ
އޭދަފުށި ދާއިރާ – އެދާއިރާގެ މިހާރުގެމެންބަރު އަހްމަދު ސަލީމް
ބާރަށު ދާއިރާ – ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާޢު
މަހިބަދޫ ދާއިރާ – އެދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް
ގަލޮޅު ދެކުނު ދާއިރާ – އެ ދާއިރާގެ ކައުންސިލަރު އިބްރާހީމް މުޙައްމަދު

އައްޑޫ ސިޓީގެ ހިތަދޫ މެދު ދާއިރާ – މަޝްހޫރު ނޫސްވެރިޔާ އަޙްމަދު އަޒާން

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފައިވަނީ 10 ދާއިރާއަކަށް ވާދަކުރުމަށް ފޯމު ހުށައެޅީ އެންމެ ފަރާތަކުން ކަމަށްވާތީ، އެފަރާތްތަކަށް ޓިކެޓު ކަށަވަރުވެފައިވާ ކަމަށެވެ.

އެހެންނަމަވެސް ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ނަގަމުންދާތީ އެ ޢަދަދު އިތުރުވުމަކީ އެކަށީގެންވާކަމެއްކަމަށްވެސް ޕީޕީއެމް/ޕީއެންސީ ބުނެފައި ވެއެވެ.

ޕީޕީއެމް/ޕީއެންސީގެ ޗެއަރމަން އަބުދުއްރަހީމް ވިދާޅުވެފައިވަނީ، ބައެއް އެހެން ޕާޓީތަކުން ކޯލިޝަންގައި ތިބި ނަމަވެސް، މިހާތަނަށް ނިންމާފައިވަނީ ޕީޕީއެމް/ޕީއެންސީ އެކަނި މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.