"އަންދާޒް 2″ ގެ ކާސްޓުން އިއުލާންކޮށްފި

"އަންދާޒް 2″ ގެ ކާސްޓުން އިއުލާންކޮށްފި

މީގެ 20 އަހަރު ކުރިން ބޮލީވުޑަށް ތައާރަފުކުރި ފިލްމު "އަންދާޒް" ދެވަނަ ބައެއް ގެނެސްދިނުމުގެ މަސައްކަތް ފަށައިފައިވާކަމަށް މީގެ މަހެއްހައި ދުވަސް ކުރިން ވަނީ އިއުލާން ކޮށްފައިއެވެ.

މިހާރު މަޑުމަޑުން އެ ފިލްމް ގެ ބައެއް މައުލޫމާތު ތަށް އަންނަނީ މީޑިއާ އަށް ތިލަ ވަމުންނެވެ. މިހާރު މިވަނީ ފިލްމްގައި ފެނިގެންދާނެ ތަރިންގެ ނަން އިއުލާން ކޮށްފައިއެވެ.

ސުނީލް ދަރުޝަން ޕްރޮޑިއުސްކޮށް، ޑައިރެކްޓްކުރާ މި ތިނެސްކަން ލޯބީގެ ފިލްމުގެ ތަރިންނަކީ ނަތާޝާ ފަނެންޑޭޒާއި އާޔޫޝް ކުމާރުގެ އިތުރުން އަކައިޝާ އެވެ. މީގެ ތެރެއިން ނަތާޝާ އަކީ ސުނީލް އެންމެ ފަހުން ގެނެސްދިން ފިލްމު ކަމަށްވާ 2017 ގެ "އޭކް ހަސީނާ ތީ، އޭކް ދީވާނާ ތާ" ގެ ރޯލެއް ވެސް ކުޅުނު ބަތަލާއެކެވެ. އާޔޫޝް އަކީ މިދިޔަ އަހަރު ރިލީޒްކުރި އަބީޝެކް ބައްޗަންގެ "ދާސްވީ" ގެ ކުޑަކުޑަ ރޯލެއް ކުޅެފައިވާ އެކްޓަރެކެވެ.

ބެލުންތެރިންބެ ބޮޑު ތަރުހީބެއް ލިބުނު ، ރާޖް ކަންވަރު ޑައިރެކްޓްކުރި "އަންދާޒު" ރިލީޒްކުރީ މެއި 23، 2003 ގަ އެވެ. މީގެ ކާސްޓޫން ފެނިގެންދިއައީ އަކްޝޭ ކުމާރު އާއި ޕްރިޔަންކާ ޗޯޕްރާ ގެ އިތުރުން ލާރާ ދައްތާއެވެ. ޖުމްލަ 9.25 ކްރޯޑް ރުޕީސް (1.1 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 28.81 ކްރޯޑް ރުޕީސް (3.5 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *