ބޮލީވުޑްގެ ކޮމެޑީ ފްރެންޗައިޒް "ވެލްކަމް" ގެ ތިން ވަނަ ބައި "ވެލްކަމް ޓު ޖަންގަލް" ގެ ޝޫޓިންގ ފަށައިފިއެވެ.
މި ފިލްމް އަކީ ބޮޑު ކާސްޓެއް އެކުލެވޭ ކޮމެޑީއެވެ. މި ސީރީޒް ގެ ފިލްމް ތަކަކީ ބެލުންތެރިންގެ ބޮޑޫ ތަރުހީބެއް ލިބެމުން އަންނަ ފިލްމް ތަކެކެވެ. މީގެ ކުރިން ނެރުނު ދެ ފިލްމް ވެސް ވެގެން ގޮސްފައިވަނީ ހިތަކަށެވެ.
ކާމިޔާ މި ފްރެންޗައިޒް އަކީ ކުރިއަށް އޮތް ފިލްމް "ވެލްކަމް ޓު ޖަންގަލް" އަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ގައި ރިލީޒް ކުރުމަށް އިއުލާން ކޮށްފައިވާ ފިލްމްއެކެވެ. މީގެ ޝޫޓިން މިހާރު ވަނީ ފަށައިފައިއެވެ.
ސޯޝަލް މީޑީއާގައި ފިލްމްގެ ޝޫޓިން ފެށިކަން މިހާރު ވަނީ އިއުލާން ކޮށްފައިއެވެ. އަދި ފިލްމް ސެޓުން ނަގައިފައިވާ ވީޑިއޯ ކޮޅެއް މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ވައިރަލް ވަމުންނެވެ.
ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމްގެ ކާސްޓުގައި އަކްޝޭ ކުމާރުގެ އިތުރުން ރަވީނާ ޓަންޑަން، ސުނިލް ޝެޓީ، ޑިޝ ޕަޓާނީ، އަރުޝަދު ވަރްސީ، ޖެކްލިން ފެނަންޑޭޒް، ސަންޖޭ ދަތު، ޕަރޭޝް ރާވަލް، ތުޝާރު ކަޕޫރް، ޖޯނީ ލީވާ، ރާޖްޕަލް ޔާދާވް، ޝްރެޔަސް ތަލްޕަޅޭ، ކްރުޝްކާ އަބީޝެކް، ކިކީ ޝްރަދާ، ލާރާ ދައްތާ، ޝާރިބު ހާޝިމީ، މުކޭޝް ތިވާރީ އަދި ޒާކިރު ހުސައިން ވެސް ހިމެނެއެވެ.
ފީރޯޒް ނަދިއަދުވާލާ ޕްރޮޑިއުސްކުރާ ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް" ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ މަޝްހޫރު ކޮރިއޮގްރާފަރު އަހުމަދު ޚާނެވެ. ވަރުގަދަ އެކްޝަން ފިލްމުތަކެއް ކަމަށްވާ "ބާގީ 2″ އާއި "ބާގީ 3″ ޑައިރެކްޓަރު އަހުމަދުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ހީރޯޕަންތީ 2″ އެވެ.
ކޮމެންޓު ފޮނުވާ