2017 ވަނަ އަހަރު މިސް ވޯލްޑްގެ ތާޖު ހާސިލު ކުރި ރީތީގެ ރާނީ މަނޫޝީ ޗިއްލަރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
އޭނާ ރާއްޖެ އައިސްފައިވަނީ މީގެ ދެދުވަހެއް ކުރިންނެވެ. މި ދަތުރުގައި މަނޫޝީ އާއި އެކުގައި ރާއްޖެ އައީ އޭނާގެ އާއިލާއެ އެވެ. މީގެ ކުރިންވެސް އެމީހުން ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިއެވެ. އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ޖުމައިރާ މޯލްޑިވްސް ރިސޯޓުގަ އެވެ.
މަނޫޝީ އަންނަނީ ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ފެންނަ ފޮޓޯތައް އޭނާގެ އިންސްޓަގުރާމުގައި ހިއްސާ ކުރަމުންނެވެ. ތަފާޓު ހިތްގައިމު ފޮޓޯ ތަށް ފޭނުންނާއި މިހާރުވެސް އޭނާ ހިއްސާކޮށްފިއެވެ.
މިހާރު އެކްޓިން ކެރިއަރު ފަށައިފައިވާ މަނޫޝީ ދެން އެންމެ ފަހުން ފެނިގެންދިއައީ "ދަ ގްރޭޓް އިންޑިއަން މޭން" އިންނެވެ. މި ފިލްމް ގައި އޭނާ އާއި އެކުގައި ފެނިގެންދިއައީ ވިކީ ކޯޝާލްއެވެ.
ކޮމެންޓު ފޮނުވާ