"ވެއްޓައިޔަން" ގެ ޓީޒާ

"ވެއްޓައިޔަން" ގެ ޓީޒާ

Author
ފާތިމަތު ނާވީ
16 ޑިސެމްބަރ 2023 10:57
0

އިންޑިއާގެ ސުޕަސްޓާ ރަޖްނީކާންތުގެ ކުރިއަށް އޮތް ފިލްމް "ވެއްޓައިޔަން" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމް ގެ ޓީޒާ ދައްކައިލީ ރަޖްނީކާންތު ގެ 73 ވަނަ އުފަން ދުވަހާ ދިމާކޮށެވެ. އޭނާ އަކީ ސައުތު އިންޑިއާގެ ނަންބަރު ވަން އެކްޓަރުއެވެ. ކާމިޔާބު އެތަށް ފިލްމް ތަކެއް އޭނާ ވަނީ ކުޅެފައިއެވެ.

"ވެއްޓައިޔަމް" އަކީ "ޖެއި ބީމް" ޑައިރެކްޓްކުރި ޓީޖޭ ގުނަނަވަލް ޑައިރެކްޓްކުރާ އެއްޗެކެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ އިންޑިއާގެ ދެކުނުގެ އެންމެ ބޮޑު ޕްރޮޑަކްޝަން ހައުސް ލައިކާ ޕްރޮޑަކްޝަންސްއިންނެވެ.

"ވެއްޓައިޔަން" ގެ ކާސްޓްގައި ބޮލީވުޑްގެ ތަރި އަމީތާބް ބައްޗަންގެ އިތުރުން ފަހަދު ފާސިލް، ރާނާ ދަގޫބަތީ، ރިތިކް ސިންގް، މަންޖޫ ވާރިއާ އަދި ދުޝާރާ ވިޖަޔަން ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.