ކުރި އަރަމުން އަންނަ ޒުވާން ބަތަލާ އަނަންނިޔާ ޕާންޑޭ އޭނާގެ ފުރަތަމަ މުސާރަ ހޭދަ ކުރިގޮތް ކިޔައިދީފިއެވެ.
މިހާތަނަށް ގިނަ މަސައްކަތް ތަކެއް ކޮށްފައިވާ ބަތަލާ ބުނީ އޭނާގެ ފުރަތަމަ މުސާރާ ހޭދަކުރީ އަންހެން ކޮއްކޮގެ ޓިއުޝަން ފީތައް ދައްކަން ކަމަށް ބުނެފަ އެވެ. އޭނާ އަކީ އާއިލާ އަށް ވަރަށް އަޅާލާ އާއިލާދެކެ ލޯބިވާ ތަރިއެއްގެ ގޮތުގައި ފާހަގަ ކުރެވޭ ބަތަލާއެކެވެ.
މިކަމާއި ބެހޭގޮތުން އިތުރަށް އަނަންނިޔާ ބުނީނއޭނާ ބޭނުންވީ ކޮންމެވެސް ގޮތަކުން ކޮއްކޮގެ ތައުލީމަށް އެހީވެދޭން ކަމަށާއި ޓިއުޝަން ފީ ދައްކައިދިނީ އެހެން ވެގެން ކަމަށެވެ.
އަނަންޔާއަކީ ކުރީގެ އެކްޓަރު ޗަންކޭ ޕާންޑޭ އާއި ބާވްނާ ޕާންޑޭ ގެ ދޮށީ އަހެން ދަރިފުޅެވެ. އެއާއިލާގައި ދެން ހުންނަނީ އޭނާގެ ކޮއްކޮ އެވެ. 25 އަހަރުގެ ބަތަލާ އަކީ ބޮލީވުޑްގެ އަރަމުން އަންނަ ޒުވާން ބަތަލާއެކެވެ.
އަނަންނިޔާ ދެން ފެނިގެންދާނީ "ކޯ ގަޔޭ ހަމް ކަހާ" އިންނެވެ. މި ފިލްމް ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ ނެޓްފްލިކްސް އިން ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ނެޓްފްލިކްސްގަ އެވެ.
ކޮމެންޓު ފޮނުވާ