މުދައްސިރު ކައިވެނި ކޮށްފި

މުދައްސިރު ކައިވެނި ކޮށްފި

Author
ފާތިމަތު ނާވީ
14 ޑިސެމްބަރ 2023 04:45
0

ކޮރިއަގްރާފާ މުދައްސަރު ހާން ކައިވެނިކޮށްފިއެވެ. އޭނާ ކައިވެނި ކޮށްފައިވަނީ ގިން ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ރިޔާ ކިޝަންޗަންދާނީާއިއެވެ.

އެމީހުންގެ ކައިވެނި އޮތީ މިމަހުގެ މިމަހުގެ 3 ވަނަ ދުވަހުުގައިއެވެ. ވަރަށް ކުލަގަދަކޮށް ބޭއްވި މިކައިވެނި ހަފްލާގައ ބޮލީވުޑްގެ ސްޕަސްޓާރު ސަލްމާން ހާން ވަނީ ބައިވެރިވެފައިއެވެ. ސަލްމާން އަކީ ކައިވެނި ހަފްލާ ތަކުގައި ވަރަށް މަދުން ބައިވެރިވާ ފަންނާނެކެވެ.

މުދައްސަރު އާއި ސަލްމާން ވަރަށް ގާތް ދެމީހުންނެވެ. މުދައްސަރު ވަނީ ސަލްމާން އާއި އެކުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިއެވެ. އެގޮތުން "ދަބަންގް" "ބޮޑީގާޑް" "ރެޑީ" ފަދަ ފިލްމް ތަކުގައި ދެމީހުން ވަނީ އެކުގައި މަސައްކަތް ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Mudassar Khan (@beingmudassarkhan)

ފިލްމް ތަކަށް ކޮއރިއަގްރާފް ކޮށްދިނުމުގެ އިތުރުން އޭނާ ވަނީ ބައެއް ޑާންސް ރިއަލިޓީ ޝޯވ ތަކުގައިވެސް މަސައްކަތް ކޮށްފައިއެވެ. އެގޮތުން "ޑާންސް އިންޑިއާ ޑާންސް" ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.